މާލެ ސަރަހައްދުން 22، އަތޮޅުތަކުން އައްޑިހަފަސްމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މާލެ ސަރަހައްދުން 22، އަތޮޅުތަކުން އައްޑިހަފަސްމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

ކޮވިޑް19 އަށް މިއަދު މާލެ ސަރަހައްދުން 22، އަތޮޅުތަކުން 85 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 155 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3541 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 85378 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87186 އަށް އަރައިފައެވެ. މި ބައްޔަށް 1553 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 20 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 242 މީހުންނެވެ.

މިއަދު އޮންލައިން