ކޮންމެ ފިހާރައެއްގެ ކުރިމަތީގަ ޖެންޑަރ މިނިސްޓަރު ބަލަހައްޓަވަން ޖެހޭ މީހުން ވަޒަންވެރިވަމުންދާއިރު އެކަމަނާ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޮންމެ ފިހާރައެއްގެ ކުރިމަތީގަ ޖެންޑަރ މިނިސްޓަރު ބަލަހައްޓަވަން ޖެހޭ މީހުން ވަޒަންވެރިވަމުންދާއިރު އެކަމަނާ ކޮބާ؟

އެންމެ ފުރަތަމަ އެއިގެ މީހަކު ފެންނަންފެށީ މަޖީދީމަގު އަގޯރާ ކައިރީ ޕޭމަންޓް،ަތިންނެވެ. މިހާރުވެސް އެ ސަރަހައްދުގައި 2 މީހަކު ތިބެއެވެ. އެގޮތަށް ތިބޭ މީޙުން ގިނަވަމުން އައިސް މިހާރު ލަގްޒަރީ ކައިރީގައި ވެސް އިށީނދެތިބެން ފަށައިފިއެވެ.  

ލަފާކުރެވޭ ގޮތުން ލަގްޒަރީ ކައިރީގައި މިއަދު މެންދުރު އިށީނދެއިން ޒުވާނާގެ އުމުރުން 18 އަހަރު ހަމަ ކިރިޔާ ފުރޭނީއެވެ. އަދި ނުފުރިވެސް ހިނގައިދާނެއެވެ. އޭނާ ފައިސާއަށް އެދުމުން އެމީހާ ފުރަތަމަ އެދުނީ ތެދުވެ ހިނގައިލުމަށެވެ. ހިނގައިލިއިރު އެއްވެސް ނުކުޅެދުންތެރިކަމެއް ނެތުމުން "ދުވާލަކު 200 ރުފިޔާގެ އުޖޫރަ ލިބޭ ވަޒީފާއެއް" މީހަކު ވަގުތުން ހުށަހެޅިއެވެ. އަދި މިވަގުތުން ފެށިގެން ވަޒީފާއަށް ނުކުންނަން އޭނާ އާއިއެކު ސައިކަލް ފަހަތުގައި ދިއުމަށްވެސް އެދުނެވެ.  

އެކަންކަން ހުށަހެޅުމުންވެސް ޒުވާނާ އަނގައިން ނުބުނެ އިށީނީއެވެ. ވަޒީފާ އަދާކުރާކަށް ބޭނުމެއް ނުވިއެވެ.  

ސުވާލަކީ މިފަދަ މައްސަލަތަކުން މާލެ ސިޓީ ފުރެމުންދާއިރު، މަގުމަތީގެ ޙާލަތު މިފެންވަރަށް ވެއްޓޭއިރުވެސް އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ޖެންޑަރު މިނިސްޓަރު ކުރައްވާ އެއްވެސް ކަމެއް ނުފެނެއެވެ. 5 މަސް ދުވަސްވީ ކަރަންޓީނެއްގައި ހުންނަވަން ޖެހިވަޑައިގަތުމުން ވަރުބަލިފުޅުވީކަމަށެވެސް ވެދާނެއެވެ.

މިއަދު އޮންލައިން