މިޙަދީޘް އެނގުމަށްފަހުގައިވެސް ރަހަ ނުބައިވުމުން އަނބިމީހާއަށް ނުބައިބަސްތައް ބުނާނަން ހެއްޔެވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިޙަދީޘް އެނގުމަށްފަހުގައިވެސް ރަހަ ނުބައިވުމުން އަނބިމީހާއަށް ނުބައިބަސްތައް ބުނާނަން ހެއްޔެވެ؟

އެއްދުވަހަކު ރަސޫލް ﷺ މިސްކިތްކޮޅުގައި އިންނަވަނިކޮށް ދަނޑުވެރިއަކު މޭވާ ގޯންޏެއް/ބާސްކެޓެއް ގެނެސް ވެދުމަށް އެދުވެރިއެވެ. އަދި އެއިން ފަރިއްކުޅުވުމަށް އެދުނެވެ. އެހިނދު މޭވާއެއް ނަންގަވައި ކުޑަގޮތަކަށް ދަތްޕުޅުއެޅުއްވެވިއެވެ. 

އެހިނދު ޞަޙާބީއަކު އެއިން އެތަނުގައި ތިއްބެވި ބޭކަލުންނަށް ނުދެއްވަވާނަންތޯ ސޮވާލުކުރެއްވުމުން އިވިވަޑައިގެންނެވި ކަމަކަށް ނުހެއްދެވިއެވެ. 

އޭނާ އެތަކެތި ބަހައްޓާފައި ދިއުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިމަންކަލޭގެފާނު މިތަކެތި އެއިރު ނުބެއްސެވީ މިއީ އަދި ދޮންނުވާ މޭވާކަމުގައިވުމުން ފަރިއްކުޅުއްވުމަށްފަހު ތިއައިން ބޭކަލަކު އޭނާގެ ހިތުގައި ޖެހިދާނެ ފަދަ ބަސްފުޅެއް ވިދާޅުވެފާނެތީއެވެ." 

މިހިރީ އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް އެމީހަކަށް އަޑުއިވުނަ ނުދެއްވެވުމަށް ރަސޫލް ﷺ ސަމާލުކަން ދެއްވެވި މިންވަރެވެ. މިއަދު ވިސްނައިލަންވީ ހަމަ އެރަސޫލާ ﷺ އަށް ތަބަޢަވެ، ސުންނަތުގައި ހިފަހައްޓައިގެން ތިބެ އަހަރެމެންނަށް ބުނެވޭ ބަސްތަކެވެ. 

ނިކަންވިސްނައިލަބަލާށެވެ! އަނބިމީހާ ދަރިން ބަލަމުން ގޭތެރޭގެ މަސައްކަތްކުރަމުން ކައްކައިދިނީމާ ކިރިޔާވެސް ރަހަ ނުބައިވެއްޖެނަމަ ބައެއް މީހުންނަށް އަނބިމީހާއަށް ބުނެވޭ ބަސްތަކަށެވެ. އޭނާގެ ހިތުގައި ޖެހޭނެ މިންވަރާއިމެދު ނިކަން އެންމެ ފަހަރަކުވެސް ވިސްނައިލަބަލާށެވެ. 

ސުންނަތަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ. ވަކިކަމެއްގައެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސްމެއެވެ. ދުނިޔެ ޢާއި ޢާޚިރަތް ލިބުންވަނީ އެއިރުންނެވެ. ޢާއިލީ ދިރިއުޅުން އުފާވެރިކުރެވޭނީވެސް ހަމައެމަގުންނެވެ. 

- މަޢުލޫމާތު: ޝައިޚް އަޒްހަރު ނާޞިރުގެ ދަރުސަކުން

މިއަދު އޮންލައިން