"ކީރިތި ރަސޫލާ ﷺ ގެ ޢީދުމީލާދު ފާހަގަކުރަން ފެށީ ހިޖުރައިން ހަތަރުވަނަ ޤަރުނުގައި ޝީޢީ މަޛްހަބުގެ މީހުންކަމުގައިވާ (އަލްފާޠިމިއްޔޫން) އެވެ.
ބިދުޢަވެރި އެޢަމަލަކީ ކީރިތި ރަސޫލާ ﷺ ގެ ދޫފުޅުން މާތްކަމުގައި އައިސްފައިވާ ތިން ޤަރުނުކަމުގައިވާ ޞަޙާބީބޭކަލުންގެ ޤަރުނާއި، ތާބިޢީބޭކަލުންގެ ޤަރުނާއި، ތަބަޢަތާބިޢީންގެ ޤަރުނުގެ ބޭކަލުން ކުރެއްވި ކަމެއްނޫނެވެ.
އެބޭކަލުންނީ އުއްމަތުގެ އެންމެ މާތް ބޭކަލުން. ކީރިތި ރަސޫލާ ﷺ އަށާއި އިސްލާމްދީނަށް ޖާނާއި މާލުން ޤުރުބާންވީ ބޭކަލުންނެވެ. އެކަމުގައި އެއްވެސް ހެވެއް އޮތްނަމަ، އެބޭކަލުން އެކަމަށް އަވަސްވެގަތީހެވެ.
ރަސޫލް ﷺ ދެދެކެ ލޯބިވާން ފުރަތަމަ ކުރަން އޮތްކަމަކީ ޖަމާޢަތުގަ ނަމާދުކުރުމާ، ހުކުރަސް ދިއުމާ ޢީދުނަމާދަށް ދިއުމާ ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރުމެވެ."
- ޝައިޚް މުޙައްމަދު ލަޠީފް / އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް