ނިދި ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވުމުން ދެ މަސް ދުވަހު ރޯދަހިފަން ލޯންޗު ކެޕްޓަންގެމައްޗަށް ހުކުމްކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
ނިދި ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވުމުން ދެ މަސް ދުވަހު ރޯދަހިފަން ލޯންޗު ކެޕްޓަންގެމައްޗަށް ހުކުމްކޮށްފި

2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކަނދދުމަތީގައި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވުމުން ދެ މަސް ދުވަހު ރޯދަހިފަން ލޯންޗު ކެޕްޓަން ވ. މޫންމޫންރައިޒް، މުހައްމަދު އަރީފްގެމައްޗަށް ހުކުމްކޮށްފިއެވެ.

މިމައްސަލައިގަ ދައުލަތުން ވަނީ އަރީފާ ދެކޮޅަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއުފުލައި އަށް ހެއްކެއް ހުށަހަޅައިފައެވެ. އެއީ ލޯންޗުގައި ތިބި މީހުންނާއި ބާޖުގައި ތިބި މީހުންގެ އިތުރުން ފުލުހުންނެވެ. 

އަރީފް ވަނީ މިދައުވާއަށް އިންކާރު ކޮށްފައެވެ. އެހެންނަމަވެސް އެކްސިޑެންޓު ހިނގި ކަމަކަށް އޭނާ އިންކާރުކޮށްފައެއް ނުވެއެވެ.

މިމައްސަލާގައި ޝަރީއަތުން ވަނީ އަރީފްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. ރީފު ކުރި ކުށުގެ އުގޫބާތެއްގެ ގޮތުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވަނީ ހުކުމްކޮށްފައެވެ.

މި ހާދިސާގައި މަރުވި މީހާގެ ވާރިސުން ވަނީ އަރީފަށް މާފު ދީ، މަރުގެ ދިޔަ ބޭނުން ނުވާ ކަމަށްވެސް ބުނެފައެވެ.

 

މިއަދު އޮންލައިން