އިސްލާމް ދީން ކުރި އެރުވުމަށްޓަކައި ލިބޭ ކިތަންމެ ހަނި ފުރުޞަތއްވެސް ދޫކޮށްނުލަން ޝައިޚް ޙަސަން ލަޠީފް ގޮވާލައްވައިފިއެވެ.
ޝައިޚް ޙަސަން ލަޠީފް މިކަމަށް ގޮވާލައްވާފައި މިވަނީ އިސްލާމް ދީން ނިކަމެތިކުރަން ރާއްޖޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށް ފައުޅުގައި ކެންޕޭންކުރަމުން ގެންދާ ވަގުތެއްގައެވެ. މިފަދަ ވަގުތެއްގައި އެންމެ މުހިންމީ ހަމައެކަނި އެކަންކަން ކުށްވެރިކުރަން ނުތިބެ އިސްލާމް ދީން މަތިވެރިކުރަން އެމީހަކަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރުންކަން ގިނަބައަކު ގެންދަނީ ފާހަގަކުރަމުންނެވެ.
"އިސްލާމް ދީން ކުރި އެރުވުމަށްޓަކައި ލިބޭ އެންމެ ހަނި ފުރުޞަތުވެސް ދޫކޮށް ނުލާށެވެ! ނޫސްތަކާއި މަޖައްލާތަކާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ކަމުގައިވިޔަސް މެއެވެ. މުސްލމަކަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ އެއީއެވެ."
އިސްލާމް ދީން ކުރި އެރުވުމަށްޓަކައި ލިބޭ އެންމެ ހަނި ފުރުޞަތުވެސް ދޫކޮށް ނުލާށެވެ! ނޫސްތަކާއި މަޖައްލާތަކާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ކަމުގައިވިޔަސް މެއެވެ. މުސްލމަކަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ އެއީއެވެ.
— hassan latheef moosa (@hassanlatheefmo) October 6, 2021