ދެމޫނުގެވެރި ކެރަފާ ނަސީމް- ރިޒޯޓް ހިންގާއިރު ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވޭ! ދަރަނިވެރިވެ ވިޔަފާރިފުލުން ދިއައިމަ ނުކުންނަނީ ބޮއިކޮޓްކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދެމޫނުގެވެރި ކެރަފާ ނަސީމް- ރިޒޯޓް ހިންގާއިރު ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވޭ! ދަރަނިވެރިވެ ވިޔަފާރިފުލުން ދިއައިމަ ނުކުންނަނީ ބޮއިކޮޓްކުރަން!

ކެރަފާ ނަސީމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް ބާނީއެވެ. ރާއްޖޭގައި ހުޅުވި ފުރަތަމަ ރިޒޯޓް "ކުރުނބާ ވިލެޖް" ހުޅުވީ ނަސީމްވެސް ހިއްޞާވާ މިޔުމަން އެޖެންސީ ކިޔާތަނަކުންނެވެ. "މިޔުމަން" ނިޞްބަތްވަނީ ކެރަފާ ނަސީމަށާއި ކޮލިގޭ މުޙައްމަދު ޢުމަރުމަނިކަށެވެ. 

އެކަންކަން ނިމިދިއަގޮތަކަށް ނިމިގެންދިއުމަށްފަހު ގިރާވަރާއި އެހެންވެސް ބައެއް ރަށްތައް ކުއްޔަށް ހިފައިގެން ރިޒޯޓްތައް ހިންގަން ފެށިއެވެ. ނަމަވެސް ޚަރަދުތައް ބޮޑުވެ ބަނގުރޫޓުވުމުން ދެން ގެނުނީފެނުނީ މުޅި ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވަމުން ދުވިތަނެވެ. ރާއްޖޭގެ އިޤްޠިޞޯދު އިނދަޖައްސާލުމަށްޓަކައި މަސައްކަތްކުރިތަނެވެ. ފާދިން ގޮވައިގެން ރާއްޖެ ބައިވެރިވާ ފެއާތަކަށް ގޮސް ރާއްޖޭގެ ސްޓޯލާ މީހުން ކައިރިވިޔަ ނުދޭން މަސައްކަތްކުރިތަނެވެ. 

ރާއްޖޭގެ ސްޓޯލާ މީހުން ކައިރިވިޔަ ނުދޭން މަސައްކަތްކުރިތަނެވެ. 

ކެރަފާ ނަސީމް އާއި އެހެންވެސް ބައެއް މީހުންނަކީ އިރުކޮޅުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވަމުން އަންނަބައެކެވެ. ފަތުރުވެރިކަމުގެ ސިޏާޢަތުގައި އެންމެ އިސްކޮށްތިބޭ އިންވެސްޓަރުން އިނދަޖައްސާލަން ފައުޅުގައާއި ސިއްރުގައި މަސައްކަތްކުރާ ބައެކެވެ. 

މިސަރުކާރުގެ އެންމެ ބޮޑު ފޭލްވުމަކީ މިބާވަތުގެ ދެމީނުގެވެރިން އިސްކޮށްގެން ސަރުކާރު ހިންގަން މަސައްކަތްކުރުން ކަމަށް ގިނަބައަކު ބުނެއެވެ. 

 

މިއަދު އޮންލައިން