ޙަޤީޤީ ޙާދިސާ: ސަލާން ޖަހަން އައި މާބަނޑު އަންހެނަކު ފެނުމުން ހިތް ތުރުތުރު އަޅާފަ ނުވެއްޓުނީ ކިޔާ- އަސަރުގަދަ ލޯބީގެ ޙާދިސާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޙަޤީޤީ ޙާދިސާ: ސަލާން ޖަހަން އައި މާބަނޑު އަންހެނަކު ފެނުމުން ހިތް ތުރުތުރު އަޅާފަ ނުވެއްޓުނީ ކިޔާ- އަސަރުގަދަ ލޯބީގެ ޙާދިސާއެއް!

އެއިރު އަހަރެންގެ ޢުމުރަކީ 52 އަހަރެވެ. އަނބިމީހާވަނީ ނިޔާވެފައެވެ. ދަރިން ތިބީ ކިޔަވަން ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން ގޭގައި އުޅެނީ ނޯކަރުންނާއި އަހަރެންނެވެ. 

އެއްދުވަހަކު މާބަނޑު އަނހނަކު އަހަރެންނާއި ބައްދަލުކުރަން އައިސްހުރިވާހަކަބުނުމުން ނުކުމެ ބައްދަލުކުރީމެވެ. އޭނާ ފެނުމާއިއެކު ގައިން ވިންދުޖަހަން ފެށިއެވެ. ވީގޮތެއް ދެނެގަންނަން ވަރަށް އުނދަގޫވިއެވެ. ބޭއިޚްތިޔާރުގައި ސުވާލުކުރެވުނެވެ. "އަހަރެންނާއި އެއްވެސް ތަނަކުން ކުރިން ބައްދަލުވި ހެއްޔެވެ؟ ތިއަ މޫނުގައިވަނީ އަހަރެންގެ ވަރަށް ގާތް އަންހެނެއްގެ ސިފައެވެ." 

އޭނާ ބުނީ ބައްދަލު ނުވާކަމަށެވެ. އޭނާ ބުނީ އޭނާގެ މަންމަ އޭނާ ވިހާފައި މަރުވީ ކަމަށެވެ. އަދި ފިރިމީހާ އޮތީ ވަރަށް ބަލިޙާލުގައިކަމަށްވުމުން އަހަރެންގެ ގާތަށް އައީ އެހީއަކަށް އެދިގެން ކަމަށެވެ. 

އަހަރެން އޭނާއަށް އެހީއެއްވީމެވެ. އަދި އަންނަ ހުކުރު ދުވަހުވެސް ހަމަ އެގަޑީގައި (ހަވީރު) އައުމަށް ބުނީމެވެ. 

އޭނާ ދިއުމުން ވަރަށް ބޮޑަށް ވިސްނީމެވެ. ވިސްނަމުން ދަނިކޮށް ކަމެއް ހަނދާނަށް އައެވެ. އެހެންވެ އެކަމާއިބެހޭ ގޮތުން ސުވާލުކުރަން ވަރަށް ބޮޑަށް ބޭނުންވިއެވެ. ކެތްތެރިކަމެއް ނެތި ހުކުރު ދުވަހު އޭނާ އެނބުރި އަންނަ ވަގުތަށް އިންތިޒާރުކުރީމެވެ. 

ހުކުރު ދުވަހު އޭނާ އެނބުރި އައުމުން ގޭތެރެއަށް ވައްދާފައި ސޯފާގައި ބައިންދާފައި ބުއިމެއްވެސް ދީފައި އޭނާގެ މަންމަގެ ނަމަކީ ކޮބައިތޯ ސުވާލުކުރީމެވެ. "ނަސްރީނާ" ކަމަށްބުނުމާއިއެކު ހިތުގެ ހިނގުން ބާރުވިއެވެ. ތުރުތުރު އަޅައިގަތެވެ. އެދުވަހުވެސް އެހީތެރިވެދީފައި ބުނީމެވެ. މިއުޅެނީ ފުރަންވެގެންނެވެ. އެހެންވީމާ ހޯމަ ދުވަހު ހަމަ މިގަޑީގައި އައިސްދޭށެވެ. 

އޭނާ ދާން އުޅުނު ވަގުތު ބުރަކަށިގައި ފިރުމާލުމުގެ ތެރޭގައި ބޮލުން އިސްތަށްޓެއް އުފުރާލީމެވެ. ކޮންމެއަކަސް ޑީއެންއޭ އަހަރެންނާއި ދިމާވިއެވެ. އެހިސާބުން އެއީ އަހަރެންގެ ދަރިފުޅުކަން ޔަޤީންކުރެވުނެވެ. 

ދެން މިކިޔައިދެނީ އެކަންވީގޮތެވެ. އަހަރެންނާއި ނަސްރީނާ އުޅުނީ ކައިވެނިކުރާށެވެ. ލޯބިވެގެން އުޅުމުގެ ތެރޭގައި ކުށްވެސް ކުރެވުނީއެވެ. ކައިވެނި ނުކުރެވެނީސް އޭނާގެ މައިންބަފައިން އޭނާ ރަށަށް ގެންގޮސް ކައިވެނިކުރުވީއެވެ. އޭނާ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެކަން އެނގިއެނގިތިބެ އެކަން ކުރުވީއެވެ. އެފިރިހެން މީހާ ކައިވެނިކުރީވެސް އެކަން އެނގިހުރެއެވެ. އެހެންކަމުން އެއީ ކައިވެންޏަކަށަވެސް ނުވާނެއެވެ. ނަމަވެސް އެހިސާބުން އަހަރެންނަށް ނަސްރީނާގެ އެއްވެސް ޚަބަރެއް ނުލިބެއެވެ. 

އެއީ އަހަރެންގެ ދަރިފުޅުކަން ޔަޤީންކުރެވުމުން ވަރަށް ކެރިގެން ކުރިމަތިލީމެވެ. ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. މާލެއިން ގެއެއްވެސް ގަނެދިނީމެވެ. އަދި ދެމަފިރިންނަށް ދިރިއުޅެވޭނެ މަގުވެސް ފަހިކޮށްދިނީމެވެ. އެނގުނު ދުވަހުން ފެށިގެން ބައްޕައެއްގެ ލޯބިވެސް ދިނީމެވެ. އަދި ދަރިންނަށް އެކަން އަންގައި އެއީ އެއްބަފަފާ ދޮށީ ދައްތަކަމަށްވެސް ބުނީމެވެ. އެކުދިންވެސް ހަމަ އުފަލުން އެކަން ޤަބޫލުކުރިއެވެ. 

ޒުވާންކަމުގެ އަވާގައި ނަމަވެސް އަހަރެންނަށް ކުރެވުނު ފާފައަށް ދުނިޔޭގައި ހުރެ ތައުބާވުމުގެ ފުރުޞަތު އެހައި ރަނގަޅަށް ލިބުނުކަމަށްޓަކައި ޙަމްދުކޮށް ޝުކުރުކުރީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކަންކަން މެދުވެރިވާ ގޮތަކުން ރަނގަޅު ނޫން ގޮތުގައި ކަމެއް ކުރެވިފައި އޮވެދާނެއެވެ. އެކަމުގެ ފައިދާކުރާނެއެވެ. މިސާލަކަށް އަހަރެން ބަލާށެވެ! ކިޔަވަން ފޮނުވި 3 ދަރިންވެސް އެތިބީ އޮސްޓްރޭލިއާގައެވެ. ރާއްޖެއަށް އަންނަން ބޭނުމެއްވެސް ނުވިއެވެ. 

މިއަދު އަހަރެން މިވަނީ މުސްކުޅިވެ ބަލިކަށިވެފައެވެ. ނުހަނު ލޯބިން އަހަރެންގެ ހުރިހާ ކަންކަން ކޮށްދެނީ އެދަރިފުޅެވެ. 

އަހަރެންނަށް ކުރެވުނު ކުށުގެ ކުޑަބޮޑުމިން ކިޔުންތެރިންކަނޑައަޅާށެވެ! އަދި އަހަރެން އަމަލު މިކުރި ގޮތާއިމެދުވެސް އިންޞާފުކޮށްލާށެވެ! 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން