ނަޞާރާއިންގެ ފައްޅިއެއްގައި މާތް ﷲ އަށް ޝިރުކު ކުރެވެމުން ދިޔަ ވަގުތު ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އެތަނަށް ޙާޟިރުވެ ހުންނެވި މައްސަލައާ ގުޅިގެން އެކަމުން ތައުބާވެ ރައްޔިތުން ކިބައިން މަޢާފަށް އެދި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް ނަޞޭޙަތްދެއްވައި ސިޓީއެއް ފޮނުވައިއެވެ.
ދުނިޔޭގެ ތާއީދު ހޯދަންވެސް ޝިރުކުކުރުމުގެ ޢަމަލުތައް ކުރުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. ޤިޔާމަތް ދުވަހު އދ ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ އިތުރުން އދ ގެ ވެރިކަން ކުރަން ލިބުމަކީވެސް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ.
