މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަަދަދު ދުވިސައްތައިން މައްޗަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަަދަދު ދުވިސައްތައިން މައްޗަށް!

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 200 އިން މަތިވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 220 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 45 މީހުންނެވެ. 

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 79 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5166 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 81939 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 83875 އަށް އަރައިފައެވެ. މި ބައްޔަށް 1694 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 20 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 229 މީހުންނެވެ.

މިއަދު އޮންލައިން