ދެންސޫރަތުލް ރަހްމާންގައިވާ ސުރުހީތަކަށްބަލައިލަމާތޯއެވެ. އެންމެފުރަތަމަ އޮތީ ކީރިތި ގުރުއާންގެ މަތިވެރިކަމާއި ބާރުގެވާހަކައެވެ. އެއީ އަލްވާގިއަތު ސޫރަތުގެ ފަސްވަނަ ސުރުހީއެވެ. ދެވަނަ ސުރުހީއަކީ ﷲގެ ކުޅަދުންވަންތަކަމުން އެކަލާނގެއަށް އެކަނި އުފެއްދެވޭނެ އަދި ކުރެއްވޭނޭކަންކަމުގެ ވާހަކައެވެ. ތިންވަނަ ސުރުހީއަކަށް ނަރަކަވަންތަވެރިންގެވާހަކަ ބަޔާންކޮށްދެއްވައެވެ. ދެން ސުވަރުގެ ވަންތަވެރިންގެ ވާހަކަބަޔާންކޮށްދެވައި ފަސްވަނައަށް ޖަންނަތުގެ ޒީނަތުގެ ވާހަކަ ބަޔާންކުރައްވަވައި އަދި އެއަށްވުރެ ޒީނަތްތެރިކަންބޮޑު ޖަންނަތެއްވާނޭކަމަށް ބަޔާންކޮށްދެއްވައެވެ.
މިގޮތުން ވާގިއަތުސޫރަތުގެ ފުރަތަމަ އަދި ދެވަނަސުރުހީގައިވާ ދެ މިންތީގެ ސޯލިހުންނަށްވާ ދެފެންވަރުގެ ޖަންނަތު ﷲ އެބަޔާންކޮށްދެއްވަނީ ރަހްމާންސޫރަތުގެ ހަތަރުވަނަ އަދި ފަސްވަނަ ސުރުހީއަކަށެވެ. سبحان الله، ފުރިހަމަ ނޫންތޯއެވެ. ﷲ އުންގަންނަވައިދެއްވަނީ މިފަދައިންނެވެ. ބައެއް މުދައްރިސުންވެސް މިފަދައިން ސުރުހީތައް އިސްފަސްކޮށް ކުދިންނަށް އުނގަންނައިދިނުމުގައި އެއުކުޅު ގެންގުޅުއްވައެވެ. ކިޔަވާދެއްވަވައި ސުރުޙީއެއް ދަސްކޮށްދެއްވައި އަލިއަޅުވައިލައްވާނަމަ ހަމަ މިފަދައިން އިސްފަސްކުރައްވައި އުނގަންނައިދެއްވާނެއެވެ. މިއީދަރިވަރުންނަށް ފިލާވަޅުތައް ދަސްކޮށްދެއްވަންވެސް ފަސޭކުރުވުމަށް ބޭނުންކުރާ އުކުޅެކެވެ.
މިއަދު މިބަލައިލަނީ ސޫރަތު ރަހްމާންގެ ފަސް ސުރުހީގެތެރެއިން ފުރަތަމަ ސުރުހީއަށްށެވެ. މި ސޫރަތް ތަފާތުވެގެން އަންނަ ސަބަބުތަކެއްވެއެވެ. އޭގެތެރެއިން އެއްކަމަކީ ﷲ އައްޒަވަޖައްލަ މިސޫރަތް ފައްޓަވައިފައިވަނީ އެންމެ ބަހަކުންކަމެވެ. އެއީ މުތަޝާބިހާތުގެ ތެރެއިންނުވާ އެއްބަސްއޮތް އެއްއާޔަތެވެ. އަލިފް.ލާމް. މީމް އަކީ އާޔަތެއް ނަމަވެސް އަހަރުމެނަށް އޭގެމާނައެއް ނޭނގގޭ، އޭގެ ހަގީގަތް ދެނެވޮޑިގެންވަނީ ހަމައެކަނި އެއްކައުވަންތަ ރަސްކަލާންގެއެވެ. ނަމަވެސް އައް ރަހްމާން މި އާޔަތުގެ މާނަވަނީ މިފަދައިން ހަމައެކަނި ﷲ ތައާލާ ދެނެވޮޑިގެންވާ ބަހެއްގެގޮތުގައިއެއްނޫނެވެ. މިބަހުގެ މާނަ އެކަލާނގެވަނީ އިންސާނުންނަށް އުނގަންނަވައިދެއްވާފައިއެވެ. ބަސްއުނގެނޭ ދަރިވަރަކު ނަމަ ބުނާނީ އެސޫރަތުގެ ފުރަތަމަ ދެއާޔަތަކީ އެއްއާޔަތެއްކަމުގައިއެވެ. ނަމަވެސް ﷲތަޢާލާ އެ ޖުމުލަ ދެއާޔަތުގެ ގޮތުގައި ގެނެސްދެއްވެވީ ސަބަބަކަށްޓަކައެވެ. އނގިރޭސިބަހުގެ ގަޑިއެއްގައި މިފަދައިން ހަމަގައިމުވެސް ނުހަދާނެއެވެ.
މިސާލަކަށް އިނގިރޭސިބަހުންނަމަ. ﷲ ލިޔުމަށްފަހު ސުކުންކޮށްނިންމާ އަނެއްޖުމުލައިގައި އަހަރުމެން އުފެއްދެވިއޭ ލިޔެނުނިންމާނެއެވެ. އެދެކަން ހިމަނާނީ އެއްޖުމުލައިގެގޮތުގައިއެވެ. އެހެންލިޔެފިނަމަ މުދައްރިސު އެލިއުންނުބައިކަމުގައިވެސް އަނގާނެއެވެ. ﷲ ތަޢާލާ މިފަދައިން އާޔަތް ވަޙީކުރެއްވިސަބަބަށް ނަޒަރުހިންގާލަމާތޯއެވެ. އެއީ ކޮންމެ އާޔަތަކާއިމެދު އިންސާނާ ފުންކޮށްވިސްނުވުމަށްޓަކައިއެވެ. އެޖުމްލައެއްގޮތުގައި އެއްކޮށްއޮތް ނަމަ އެއަށްދޭންވާ ސަމާލުކަންނުދޭނެކަންޔަގީނެވެ. އެބަހީ ﷲ ބޭނުންފުޅުވެވޮޑިގަންނަވަނީ އަހަރެންނާއި ތިއެންމެބޭފުޅުން އަލް ރަހްމާންއާއިމެދު ފުންކޮށްވިސްނާށެވެ. ޖެހިގެން އޮތް އާޔަތައް ބަލައިލަންވެސް ވާނީ އަލްރަހްމާން އެންމެ ރަނގަޅަށް ފަހުމްވެގެން ކަމުގައި ވާކަށްމަށްޓަކައިއެވެ. ހަގީގަތުގައި މި ނަންފުޅަކީ އަހަރުމެން އަބަދު ބޭނުންކުރާ ނަންފުޅެކެވެ. ބިސްމީގައިއާއި ފާތިހާ ސޫރަތުގައިވެސް ހަމަ މިނަންފުޅުވޭނޫންހެއްޔެވެ. ނިކަން މިނަންފުޅުގެ މާނަބުނެދެއްވައިފާނަންތޯއެވެ. އިނގިރޭސިބަހުން ތަރުޖަމާކުރާއިރު އޭގެ މާނައަކީ "މާރސީފުލް"، "ބެނެފިޝަލް" މިއެވެ.
ހަގީގަތުގައި ތަރުޖަމާއެއްގެ ބޭނުމަކަށްވާންވާނީ އެކިޔާބަޔަކަށް ނަގައިގަނެވޭފަދަ އެކިޔާބަޔަކު އާންމުހާލަތުގައިވެސް މުއާމަލާތުގައި ބޭނުންކުރާބަސްތަކަކުން އެކިޔައިދީ ފަހުމުކޮށްދޭން މަސައްކަތްކުރުމެވެ. އާންމުކޮށް ބޭނުންކޮށްއުޅޭ ބަސްތަކުން ތަރުޖަމާނުކުރާނަމަ އެތަރުޖަމާއެއްގެ ބޭނުންއެހިސާބުން އެކެނޑުނީއެވެ. އިނގިރޭސިބަސް ދަންނަމީހަކަށްނަމަ މި "މާރސިފުލް"އަކީ އޭގެމާނަ އެމީހުނަށްއެނގޭނެބަހެކެވެ. ނަމަވެސް މައްސަލައަކީ އަރަބިބަހުން "ރަހްމާން"، މިބަހުގެ މާނަ އިނގިރޭސިބަހުން އޭގެމާނައަކަށް މިކިޔާ"މާރސިފުލް"ގެ މާނައާއި ތަފާތުވާކަމެވެ. ވީމާއެންމެ ފުރަތަމަ މިތަފާތުކުޔައިދޭނަމެވެ. އަރަބީގައި ރަޙްމާ މިބަސްއަންނަނީ ވަރަށްގިނަ ލަފްޒުތަކެއްގެ އަސްލެއްގެގޮތުގައި، އޭގެތެރެއިން އެއްލަފްޒަކީ ރަޙްމްއެވެ. ރަޙްމްނިސްބަތްކުރަނީ މާބަނޑު އަންހެނާގެ ބަނޑަށެވެ. އެބަނޑަށް ރަޙްމްކިޔަނީ އެއަނހެނާގެ ބަނޑުގައިވާ ދަރިފުޅަށްހުރިހައި ގޮތަކުން އަޅާލުންތެރިކަން އެމަންމަ ފޯރުކޮށްދޭ ސަބަބަށްޓަކައިއެވެ. މަންމައާއި އެދަރިފުޅާއިމެދު ގާތްގުޅުމެއްވޭނޫންހެއްޔެވެ. އެދަރިފުޅަށް މަންމައަދި ނުފެނޭ، އެމަންމައަކަށް އެދަރިފުޅުވެސް މިވަނީ އަދި ނުފެނި،ނަމަވެސް މަންމައެދަރިފުޅުދެކެ އޭރުވެސްލޯބިވޭނޫންހެއްޔެވެ. އަދި އެދަރިފުޅާމެދު އޭރުވެސް އަޅައިލުންތެރިއެވެ. އެދަރިފުޅުލޮލަށްނުފެނުނަސް އެދަރިފުޅު އެމަންމަދެކެ ލޯބިނުވިއަސްވެހެވެވެ. ބަނޑުގައި އެވާދަރިފުޅުގެ މުޅިހައިކަމެއްގެ އަޅާލުންތެރިކަން އެމަންމަނަގަމުން ދާއިރު، އެދަރިފުޅަށްއެކަމުގެ އިހްސާސެއްވަހުމެއްނުވެއެވެ.
ނަމަވެސް އެމަންމަ އެދަރިފުޅު ހުރިހައި ނުރައްކަލަކުން ސަލާމަތްކުރަން މަސައްކަތްކުރެއެވެ. އާންމު ހާލަތެއްގައިނަމަ އިންސާނަކު ނުރައްކަލަކަށް ހުށަހެޅިއްޖެނަމަ އެންމެ ފުރަތަމަވެސް ސަލާމަތްކުރާނީ އެމީހާގެ އަމިއްލަ ނަފްސުނަމަވެސް މާބަނޑު އަންހެނާ ސަލާމަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާނީ އޭނާގެ މާބަނޑެވެ. ރަހްމާންގެ އުފެދުންމިނެގެނީ ރަހްމާ މިލަފުޒުންނެވެ. އަދި އިނގިރޭސިންކިޔާ "މާރސިފުލް"ގެ މާނައަކީ މިއީއެއްނޫނެވެ. މިބަސް އިނގިރޭސީގައިބޭނުންކުރަނީ މީހަކަށް ގޯނާއެއްނުވަތަ ގެއްލުމެއްނުދީ ދޫކޮޢްލުމަށެވެ. މިސާލަކަށް މީހަކުގައިގައި ތަޅައިގަންނަންއުޅެފައި އެކަންނުކޮށްއެމީހާދޫކޮށްލުމުން ނުވަތަ މާބާރަށް އެއްގަމުއުޅަދެއް ދުއްވަނިކޮށް ފުލުހަކު އެއުޅަނދުހިފަހައްޓާ ޖޫރިމަނާކުރަންއުޅެ ނުކުރުމުން، މިފަދައިންނެވެ. އެވަގުތު އެކަންލިބިގަންނަމީހާ ވިސްނާނީ އޭނާއަށް އަދަބެއްލިބެން އުޅެނީ ކަމެވެ. ނަމަވެސް އެއަދަބު ނުދީދޫކުރުމުން އެމީހަކަށްޓަކައި "މާރސިފުލް"ވީކަމަށްބުނާނެއެވެ. ވީމާ އިނގިރޭސިބަހުގައި މިބަސް މިގުޅުވަނޫ އަނިޔާ ނޫނީ އަދަބަކާނޫންހެއްޔެވެ. އެކަމަކު އަރަބި ލަފްޒް "ރަހްމާ"އަކީ އެއްގޮތަކަށްވެސް އަނިޔާ ރަމްޒުކޮށްދޭބަހެއްނޫނެވެ. ވީމާ ރަހްމާއޭބުނުމުން އަނިޔާ ހިތަށްވެސްއައިންގެން ނުވާނެނޫންހެއްޔެވެ. އެބަސްއިވުމުން ހަނދާނަށްއަންނަންވާނީ އެންމެ ލޯބި ފުރިހަމަ އަޅައިލުންތެރިކަމެވެ. ރަހްމާތިބާއަށްދައްކާމީހަކޭ ތިބާއާއިމެދު ތައައްތުފު ނުވަތަ ރިއްޣާ ދައްކާމީހެކެވެ. އެމީހަކީ ތިބާއާއިމެދު ހަރުކަށިނޫން އޯގާތެރިއަކުކަމެވެ. ތިބާއަށްކަންކަން ފަސޭހަކޮށްދޭންބޭނުންވާ މީހެކެވެ.އެމީހަކު ގަބޫލުކުރާގޮތުގައި ތިބާއަށްފުރިހަމައަށް އަޅައިލުންތެރިކަންދޭންޖެހޭނެއެވެ. މިސާލަކަށް ތިބާ އެހެންގައުމަކަށް ވިސާހައްދަން ދާއިރު އެތާތިބޭމީހުންނަކީ ތިބާއާމެދު ރަހްމް ހުންނަބައެކޭނުބުނެވޭ، ސަބަބަކީ އެމީހުން ތިބާ ދައްކޮށް ދެރަކޮށް ހަރުކަށިކަންދައްކާކަމެވެ. އެމީހުންގެ ރަހްމް ތިބާއަށްޓަކައިވާނަމަ އެމީހުން ތިބާއާއި ވާހަކަދައްކަންފެށުމުގެ ކުރިންވެސް ސަލާމްގޮވައި ރީތި އަދަބުތަކުން މުހާތަބުކުރާނެއެވެ. ވީމާ ރަހްމާއަކީ އޯގާތެރިވެ އަޅާލުންތެރިވުމެވެ.
އަދި ތިބާއަށްކަމޭހިތައި ހިތްހަމަޖެހޭނެހެން ބަސްބުނުމެވެ. އެހެންކަމުން ﷲ އައްރަހްމާން މިފަދައިން ވަހީކުރެއްވެވުމުން އޭގެ މާނައީ އެކަލާނގެ ތިބާދެކެ ލޯބިވެވޮޑިގަންނަވާ ކަމެވެ. އޯގާތެރިވަންތަކަމެވެ، އަދި އެކަލާނގެ ތިބާއަށް އަޅައިލުންތެރިކަންބޭނުންވާކަން ދެނެވޮޑިގެންވާ ކަމެވެ. އަދި އޯގާތެރިކޮށް ބައްލަވާނޭކަމެވެ. އަދި ތިބާގެ ކޮންމެ ކަމަކަށް އެކަލާންގެ ބައްލަވައި އަޅާލުންތެރިވެވޮޑިގަންނަވާނޭކަމެވެ. ތިބާއަކީ މީހެއްކަމުގައި ނުބައްލަވައި ދޫކޮށްނުލައްވަވައި ހާއްސަކަމެއްދެއްވަވައިގެން އެކަލާނގެ ތިބާގެންގުޅުއްވަވާނޭކަމެވެ. އެކަލާނގެ ތިބާދޫކޮށްނުލައްވަވާނޭކަމެވެ.
އަދި އަރަބީގައި މިބަސްނެގޭ އެހެންގޮތަކަށްބަލައިލާއިރު، މިއީ "ގިނަގުނަ އާދަޔާޙިލާފް" އާއިވެސް ގުޅުވިގެންއަންނަބަހެކެވެ. މިސާލަކަށް ކަރުހިއްކުން މިއީއެއްބަހެވެ. ނަމަވެސް ކަރުހިއްކައިގެން މަރުވަނިއްޔޭބުނެފިނަމަ އެބަ އެބަހުގެ މިންގަނޑަށްބަދަލުތަކެއްއާދެއެވެ. ދެން މިބަހާއިގުޅޭ އަނެއްލަފުޒަކީ "ހަމަމިވަގުތު" މިއެވެ. ވީމާ ރަހްމާންއޭ ބުނުމުން ﷲ ތަޢަލާގެ ލޯބިވެވޮޑޮގަތުން އަދި އަޅާލުންތެރިކަން އެއީ އެއްކަމެވެ. ﷲ ތަޢާލާ ދެއްވައި ރައްކާތެރިކަންއެއީ އަނެއްކަމެވެ. އަދި ހަމައެހެންމެ ހަމަމިވަގުތު ތިބާ ރައްކާތެރިކޮށްދެއްވެވުންހިމެނެނީ އެހެންކަމެއްގެގޮތުގައިނޫންހެއްޔެވެ. މިގޮތުން ހަމަ މިހާރު އެކަލާންގެ އަހަރެން އެބަރައްކާތެރިކޮށްދެއްވައެ، ހަމަ މިވަގުތު އެކަލާނގެ އަހަނަށް އޯގާތެރިވެވޮޑިގެން އަހަރެންދެކެ އެބަލޯބިވެވޮޑިގަންނަވައެވެ. ހަމަ މިވަގުތުއެކަލާނގެ އަހަރެން މީހެއްގެ ގޮތުގައިދެކެވޮޑޮގެން އަހަރެންގެ ކަންކަމަށްއިސްކަންދެއްވަވައޭ ބުނުމުން ކިހައިބޮޑުތަފާތުކަމެއް އެބައާދޭހެއްޔެވެ. އައްރަހްމާން މި އާޔަތުގެ ފުރިހަމަ ތަފްސީރަކީ މިއެވެ.
- ނޫމާން އަލީ ޙާން 2013 ވަނަ އަހަރު މަލޭޝިއާގެ މިސްކިތެއްގައި ދެއްވި ދަރުހެއްގެ ތަރުޖަމާ