ސެޕްޓެމްބަރު 11 ގެ ޙާދިޘާއާ މުސްލިމުންނާ ގުޅުވައި ސަޢުދީގެ އަތެއްވާކަމަށް ތުހުމަތު ކުރަނީ އިސްލާމީ އުއްމަތުގެ ޢަދާވާތްތެރިން: ޝައިޚް އިލްޔާސް ޖަމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސެޕްޓެމްބަރު 11 ގެ ޙާދިޘާއާ މުސްލިމުންނާ ގުޅުވައި ސަޢުދީގެ އަތެއްވާކަމަށް ތުހުމަތު ކުރަނީ އިސްލާމީ އުއްމަތުގެ ޢަދާވާތްތެރިން: ޝައިޚް އިލްޔާސް ޖަމާލް

"ސެޕްޓެމްބަރު 11 ގެ ޙާދިޘާއާ މުސްލިމުންނާއި އިސްލާމީ ޤައުމުތަކާއި ވަކިން ޚާއްޞަކޮށް ސަޢުދީ ޢަރަބިއްޔާގެ އަތެއްވާކަމަށް ތުހުމަތު ކުރަނީ ސަޢުދީއާއި އިސްލާމީ އުއްމަތުގެ ޢަދާވާތްތެރިންނެވެ.

މިފަހަކަށް އައިސް ސަޢުދީ ޢަރަބިއްޔާއާއި ދެކޮޅަށް ވަރަށް ނުރައްކާތެރި ރޭވުންތައް ރާވައި އަނިޔާވެރި ކެމްޕެއިންތައް ކުރެއެވެ. ބޭނުމަކީ ދެ ޙަރަމްފުޅުގެ ރަށްތަކުގެ ރީތި ނަން ކިލަނބުކޮށް އިސްލާމް ދީނާއި މުސްލިމުންނަށް ހުތުރުއެރުވުމެވެ. ސަޢުދީ ގެ ރީތި އަލިގަދަ ޞޫރަ ފަނޑު ކޮށްލުމެވެ. ނަމަވެސް އެކަމެއް ނުވާނެ އެވެ!

ދެ ޙަރަމްފުޅަށް ލޯބިކުރާ މުސްލިމުންގެ މައްޗަށް އެ ދެ ޙަރަމްފުޅާއި އެ ދެ ޙަރަމްފުޅުގެ ރަށްތައް ދިފާޢުގައި ކުރެވުނު މަސައްކަތެއް ކުރަންޖެހެއެވެ.

މުސްލިމުންގެ މުޤައްދަސް ތަންތަނާއި، ވަކިން ޚާއްޞަކޮށް ދެ ޙަރަމްފުޅުގެ ރަށްތަކާއި، ޢާއްމު ގޮތެއްގައި އިސްލާމީ ޤައުމުތައް ދިފާޢުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ﷲ އަށް ވެވޭ ކުއްތަންވުމެކެވެ. 

މިއަދު އޮންލައިން