މިދިޔަމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މިދިޔަމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު އިތުރުވެއްޖެ

ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެއްޖެއެވެ.

ކަސްޓަމްސް ގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 182 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓް މަހު 102 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 288 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ޗައިނާ އަދި ޔޫ.އޭ.އީ އެވެ. އިންޑިއާ އިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 458 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ އިން 447 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. 

2020 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. 

 

މިއަދު އޮންލައިން