މުޞްޙަފް މަދީނާއިން ނަކަލުކުރާއިރު ބަދަލު އަންނަކަމަށް ބުނުމުން ޢިލްމުވެރިންގެ ކަންބޮޑުވުން އިންތިހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މުޞްޙަފް މަދީނާއިން ނަކަލުކުރާއިރު ބަދަލު އަންނަކަމަށް ބުނުމުން ޢިލްމުވެރިންގެ ކަންބޮޑުވުން އިންތިހާއަށް!

ދުނިޔޭގައި އެންމެ ގިނަ ބައަކު ބޭނުންކުރާ މުޞްޙަފް މަދީނާއިން ޤުރްއާން ނަކަލުކުރާއިރު ބަދަލު އަންނަކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނުމުން މުޞްޙަފް މަދީނާ ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރައްވާ ކީރިތި ޤުރްއާނުގެ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

މުޞްޙަފް މަދީނާގެ ބޭނުން އެންމެ ގިނައިން ކުރައްވަމުން ގެންދަވާ ޢިލްމުވެރިއަކު މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ވަރަށް ގިނައިން މުޞްޙަފް މަދީނާއިން ނަކަލުކުރައްވާކަމަށެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ތިއްބެވި އޭނާގެ އެތައް ސަކޭތަ އެކުވެރިން މުޞްޙަފް މަދީނާ ބޭނުންކުރާ ކަމަށެވެ. "ﷲ ގެ ރަޙްމަތުން އަޅުގަނޑުމެންނަކީ ޙާފިޛުން. ޤުރްއާނުގެ ޢިލްމުވެރިން. ކުށެއް ޖެހިއްޖެ ނަމަ އެނގޭނެ.

އިންސާނުން ކުރާ ކަންކަމުގައި ފަހަރެއްގައި ކުށެއް ނުޖެހޭނެއެކޭ ނޫން. ކުށެއްވެސް ޖެހިދާނެ. ނަމަވެސް އެއީ މުޞްޙަފް މަދީނާއިން ކޮޕީކުރީމަ ކުށްޖެހޭކަމަށްބުނެ މުޞްޙަފް މަދީނާގެ އަގުވެއްޓޭގޮތަށް ވާހަކަދެއްކީމާ ވަރަށް ދެރަވެއްޖެ."

"އަޅުގަނޑު މިމަސައްކަތުގަ އުޅޭތާ ވަރަށް ގިނަދުވަސްވެއްޖެ! މުޅިންހެން ބޭނުންކުރަނީވެސް މުޞްޙަފް މަދީނާ. އަޅުގަނޑަކަށްވެސް އަޅުގަނޑުގެ އެކުވެރިއަކަށްވެސް އަދި މިހައިތަނަށް އެބާވަތުގެ މައްސަލައެއް ކުރިމަތިވެފައެއް ނެތް."

"އެވާހަކަ ދެއްކެވި ބޭފުޅާއަށް ދަންވާލަން އޮތީ ތިއައީ ވަރަށް ދޫހެލޭ ބޭފުޅެކޭ. އެހެލެނީ ﷲ ތަޢާލާގެ ނިޢްމަތުންނޭ. އަމިއްލަ އަށް ނަގަން ޖެހޭ ޒިންމާ ނުނަގައި ފޭލްވީމާ މުޞްޙަފް މަދީނާ ކުށްވެރިނުކުރާށޭ! މުޞްހަފް މަދިނާ އެންމެފަހަރަކުވެސް އެޑިޔުކޭޝަން މިނިސްޓްރީގަ ބުނީތޯއޭ ބައްލަވަ އަޅުގަނޑު ކޮޕީކުރާށޭ! އަމިއްލަ ނުކުޅެދުންތެރިކަމުން ނޫންތޯއޭ ކޮޕީކުރަނީ.!"

"ހައްދަވާ ގެންގުޅުއްވަވާ އިލާހް! އިނބަ ﷲ ގެ ފޮތަށް ފަރުވާތެރިވެ ޙިމާޔަތްކުރާނެ ބައަކު ރާއްޖޭގެ މަޤާމުތަކަށް އިސްކުރައްވަވާނދޭވެ! އަޅަމެންނާއި އިނބަ ﷲ ގެ ފޮތާއި ދުރަށް ޖައްސުވަން މަސައްކަތްކުރާ މީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވަވާނދޭވެ!" އާމީން

 

މިއަދު އޮންލައިން