ދަރިވަރުން ކިޔަވާފޮތުގައި ޤުރްއާން ނުބައިކޮށް ލިޔެގެން ނެރެފައިވަނީ އެނގިތިބެގެންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދަރިވަރުން ކިޔަވާފޮތުގައި ޤުރްއާން ނުބައިކޮށް ލިޔެގެން ނެރެފައިވަނީ އެނގިތިބެގެންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވެއްޖެ

އެޑިޔުކޭޝްން މިނިސްޓްރީން މިއަދު ގބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއައިގެ ޑިރެކްޓަރ ޖެނެރަލް ޝަކީބް ވިދާޅުވީ ފޮތްތަކަށް ޤުރްއާން ނަކަލުކުރަނީ މުޞްޙަފް މަދީނާއިން ކަމަށާއި އެގޮތަށް ނަކަލުކުރެވޭއިރު ނުބައިކޮށް ކޮޕީކުރެވޭކަމަށެވެ.

ޝަކީބްގެ މިބަސްފުޅުން އެނގިގެންދަނީ 1. ނުބައިކޮށް ނަކަލުކުރެވޭކަން އެޑިޔުކޭޝަން މިނިސްޓްރީއަށް އެނގޭކަމެވެ. 2. މިފަދަ ކަންކަން ކުރިންސުރެ އެނގިތިބެމެ ޗާޕްކުރުމަށްފަހު އެފަދަ ކަމެއް ހުރިކަން ބަލާފައި ނުވާކަން (ޗާޕްކުރުމަށްފަހު އަޅާކިޔާފައިނުވާކަން) 3 ސޮފްޓްވެއާރއިން ނަކަލުކުރާއިރު ކުށް ހުރެދާނެކަން ނުވަތަ ހުންނަކަން އެނގޭއިރު ޗާޕްކޮށްފައި އެކަން ޔަޤީންނުކޮށް ފޮތްތައް ބޭނުންކޮށް ދަރިވަރުންނަށް ދިނުމަކީ އެޑިޔުކޭޝަން މިނިސްޓްރީން ޤަޞްދުގައި ހިންގަފައިވާ ޖަރީމާއެއްކަން

ޔަޤީން ކުރެވޭކަމަކީ ޗާޕްކުރުމަށްފަހު އަޅުވައިކިޔާފައިވާނަމަ ކުށް ފެންނާނެކަމެވެ. އަދި ޤުރްއާނަކީ ޗާޕްކުރުމަށްފަހުގައިވެސް އަޅުވައިކިޔަންޖެހޭނެ އެއްޗަކަށްވާއިރު އެކަން ކުރުމުގައި އެޑިޔުކޭޝަން މިނިސްޓްރީ ފޭލްވެފައިވާ ކަމެވެ.

ވީމާ ސުކުނެއްވެސް ބަދަލުކޮށްފިނަމަ ފާފަވެރިވާނެއިރު ﷲ ތަޢާލާއަށް ހިތުގައި ބިރުވެތިކަން އޮތް ހަމައެކަކުވެސް ޤުރްއާން ފެތުރުމުގައި އިހްމާލެއް ނުވާނެއެވެ.

2015 ވަނަ އަހަރުން ފެށިގެން އެޑިޔުކޭޝަން މިނިސްޓްރީން މިކަމުގައި އިހްމާލްވަމުން އައިސް މައްސަލަ މިހާރު މިހައި ހޫނުވެގެން މިއުޅެނީ މިއަހަރު ގްރޭޑް 1 ގައި ކިޔަވައިދޭން ނެރުނު ފޮތުގައި ހުރި މައްސަލަތައް މާބޮޑުވުމުންކަން ފާހަގަކުރެވެއެވެ

 

މިއަދު އޮންލައިން