ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިޑޭން ތައްޔާރުކުރި ފޮތްތަކުގެ ތެރެއިން ގްރޭޑް 2 ގައި ކިޔަވައިދޭން ޗާޕްކުރި ފޮތުގައިވެސް ޤުރްއާން ލަފްޒް އުނިކޮށްގެން ލިޔެފައިވާކަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
"ޤުރުއާން ފޮތް ގްރޭޑް 02، ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު ( كلا ) އުނިވެފަ.
"ކީރިތި ޤުރުއާނަކީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު، އެންމެ މަތިވެރި މުޢުޖިޒާ، އެއީ ރައްކާތެރިކުރެވިގެންވާ ފޮތް، އެމާތް ފޮތުގެ އާޔަތެއް ނުވަތަ ސޫރަތެއް ލިޔުމުގައި ނުވަތަ ޗާޕުކުރުމުގައި އެއްވެސް ކުށެއްވާ ނަމަ އަވަހަށް ސަމާލުކަމަށް ގެނެސް އިޞްލާޙު ކުރަންޖެހޭނެ.!"
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މީގެ ކުރިން ވަނީ ގްރޭޑް 1 އާއި 12ގެ ފޮތުން މައްސަލަތައް ފެނިފައެވެ. މިހާރު މިފެނުނީ 3 ވަނަ ފޮތުންނެވެ. އެއްބައަކު ބުނަނީ އެނގި ސާބިތުވެގެން މިދަނީ ސަރުކާރުން މިކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ފޮތްތައް ޗާޕްކޮށްފައިވާކަން ކަމަށެވެ. ގިނަ ބައަކު ބުނަނީ މިއީ ޤަޞްދުގައި ކޮށްފައިވާ ކަންކަމަށެވެ.
އެގޮތަށް ބުނާ މީހުން ދަލީލަކަށް ދައްކަނީ ލިޔުމުގައި ކުށެއް ލިޔެވުނު ނަމަވެސް އަޅާކިޔައި، ޕްރޫފްބަލާ މަރުޙަލާއިން އެކަންކަން އެނގެން ޖެހޭނެ ކަމެވެ. އަދި ޗާޕްކޮށްގެން ނެރުމުގެކުރިން ބަލަންޖެހޭވަރަށް ކަންކަން ބަލާފައިވާނަމަ ކުށްތައް ފެންނަން ޖެހޭނެ ކަމަށެވެ.
މިސްރުކާރުން އިސްލާމް ދީނަށް ފުރައްސާރަކޮށް ލާދީނީ ކަންކަން ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ސަބަބުން ﷲ ތަޢާލާގެ ލަޢްނަތް ލިބިގެންދަނީ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. "ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވީމާ ލައްނަތް ލައްވަވާނެ. އެހިސާބުން ކަންކަން އަތަށްގޮވަން ފާށާނެ! ސަލާމަތެއް ނުވެވޭނެ!" ކަމަށް ވެސް ބުނެއެވެ.
ޤުރުއާން ފޮތް ގްރޭޑް 02، ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު ( كلا ) އުނިވެފަ.@aisthly @sunbrk @VaguthuOnline pic.twitter.com/2me3ziZUDj
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 4, 2021