ގްރޭޑް 1 ގައި ކިޔަވައިދޭ ފޮތުގައި ކީރިތި ޤުރްއާނުގެ 2 ސޫރަތް އެކުގައި ލިޔެ މިކްސްކޮށްފައިވާ މައްސަލައެއް ފެންމަތިވެ އެތައް ބައަކު ކަންބޮޑުވުން ފައުޅުކުރުމުގެ އިތުރުން ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
މިކަމުގައިވެސް އެޑިޔުކޭޝަން މިނިސްޓްރީ އަދިވެސް އޮތީ ފިލައެވެ. ޤުރްއާނުގެ ސޫރަތްތައް މިކްސްކުރުމުގެ ބާރު ތައުލީމީ ވަޒީރަށް ލިބުނު ގޮތެއް އޮޅުންފިލުވަން މަޖިލީހުގެ ކޮމިޓީއަކަށް އަދި ޙާޒިރެއް ނުކުރެއެވެ. އަދި އެ މައްސަލަ ބަލާނެ ކޮމިޝަނެއްވެސް ސަރުކާރަކުން ނުއުފައްދައެވެ.
ތައުލީމީ ވަޒީރަށް ދަންނަވާލަން އޮތީ އދ އާއި ގުޅިގެން ހިންގާ ކަންކަމުގެ ތެރެއިން ނަމަވެސް ކީރިތި ޤުރްއާނާއި ކުޅުއްވަން ނަހައްދަވާށެވެ! ބޭހާނުކުޅޭތި ބަޑި! ނޭނގި ހުއްޓާ އަނދާދާނެ! ގޭމަކޮޔާއެ ފިހިދާނެ! އެވެ.
Grade 1 ge Quran foy. Naba'a soosathaa naazi'aath sooray mix vefa aayay thah! Mihen ve mikamah aammun samaal velehvun edhen. pic.twitter.com/QqtXuvGKNl
— Ali Zaid (@alizaid1000) September 4, 2021