آيَةُ الْكُرسى ގެ مقام
1- މާތް الله ރުއްސުންލެއްވި إبن مسعودގެ ކިބައިން ރިވާވެގެން ވެއެވެ. سَمِعْتُ رَسُوْلَ اللهِ ﷺ يَقُوَلُ: أعْظَمُ آيَةِ فِى الْقُرآنِ الله لاَاِلَهَ اِلاَّهُوَ الْحَيُّ الْقَيُّوْمُ ސަލާމާއި صلوات ލެއްވި الله ގެ ރަސޫލާ حديث ކުރައްވާ އަޑު އެއްސެވީމެވެ. ކީރިތި قرآن ގައިވާ އެންމެމާތް آية އަކީ اللهُ لاَإلَهَ إلاَّ هُوَالحَيُّ الْقَيُّوْمُ މިއާޔަތެވެ.
2- މާތް الله ރުއްސުންލެއްވި أنس ގެފާނުންގެ ކިބައިން ރިވާވެގެންވާ ގޮތުގައި ސަލާމާތް صلوات ލެއްވި رسول الله ގެފާނު حديث ކުރެއްވި އެވެ. أعْطِيتُ آيَةَ الْكُرْسِى مِنْ تَحْتِ الْعَرْشِ – البحارى –
" ތިމަން ކަލޭގެފާނަށް آية الكرسى ދެއްވުނީ عرش ގެ ދަށުންނެވެ."
3- މާތް الله ރުއްސުންލެއްވި على بن أبى طالب ގެ ކިބައިން ވާރިދު ވެފައި ވެއެވެ. مَاأَرى رَجُلاً أَدْرَكَ عَقْلُهُ فِى الْإسلامِ يَبِيْتُ حَتَّى يَقْرَأَ هَذِهِ الآية: اللهُ لاَإلَهَ إلاَّ هُوَالحَيُّ الْقَيُّوْمُ وَلَوْ تَعْلَمُوْنَ مَا فِيْهَا لَمَا تَرَكْتُمُوهَا عَلَى حَالٍ اَنَّ رَسُولُ الله ﷺ قَالَ: أُعْطِيْتُ آيَةَ الْكُرْسِى مِن كَنْزٍ تَحْتَ الْعَرْشِ وَلَمْ يُؤْتَهَا نَبِيٌ قَبْلِى قَالَ عَلِيٌّ فَمَا بِتُّ لَيْلَةَ قَطُّ مُنْذُ سَمِعْتُ هَذَا مِنْ رَسُوْلِ الله ﷺ حَتَّى أقْرَأَهَا – الديلمى
އިސްލާމްވެފައިވާ މީހަކު اللهُ لاَإلَهَ إلاَّ هُوَالحَيُّ الْقَيُّوْمُ މި އާޔަތް ނުކިޔާ ނުނިދާނެއެވެ. އެއާޔަތުގައިވާ ކަންތައްތަކުގެ ސިއްރު އެނގޭނަމަ އެއްވެސް ޙާލެއްގައި ތިޔަބައި މީހުން އެ އާޔަތް ކިޔެވުން ހުއްޓައެއް ނުލާނެއެވެ. ހަމަކަށަވަރުން رَسُولُ اللهِ ﷺ حَدِيْث ކުރެއްވި އެވެ. ތިމަންކަލޭގެފާނަށް آيَة الْكُرْسِى ދެއްވުނީ عَرْشى ގެ ދަށުގައިވާ ކަންޒަކުންނެވެ. އަދި ތިމަންކަލޭގެފާނުގެ ކުރީގެ އެއްވެސް ނަބީއަކަށް އެއާޔަތް ނުދެއްވައެވެ. علىގެ ފާނުވިދާޅުވިއެވެ. މިވާހަކަ رَسُولُ اللهِ ގެފާނުގެ އަރިހުން އިވިވަޑައި ގަތީއްސުރެ އެ آية ވިދާޅުނުވެ އެއްވެސް ރެއަކު އަވަހާރަފުޅު ނުލައްޕަވަމު އެވެ."
على ގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން މި آية ތިންފަހަރު ވިދާޅުވި އެވެ. އަދި عشاء ނަމާދަށްފަހު وترކުރައްވާއިރު އެންމެފަހު ދެ ركعة ގައި މި آية ވިދާޅުވި އެވެ. އަދި އަވަހާރަފުޅު ލައްޕަވާފައި ތެދުވެ ވަޑައިގެންނެވުމުގެ ކުރިން މި آية ވިދާޅުވިއެވެ. الدارمى
4- މާތް الله ރުއްސުންލެއްވި ابن عبّاس ވިދާޅުވާގޮތުގައި بقرة ސޫރަތަށްވުރެ މާތްކަންބޮޑު އުޑެއް ނުވަތަ ބިމެއް ނުވަތަ ފަރުބަދައެއް ނަހައްދަވައެވެ. މި سورة ގައިވާ އެންމެ މާތް آية އަކީ آية الكرسى އެވެ.
5- މިމާނަ ދޭހަވާ ގޮތަށް إبن مسعود ވިދާޅުވާ ގޮތުގައި بقرة ސޫރަތުގައިވާ اللهُ لاَإلَهَ إلاَّ هُوَالحَيُّ الْقَيُّوْمُ އަށްވުރެ މާތް އުޑެއް ނުވަތަ ބިމެއް ނުވަތަ އަލިފާނެއް ނުހައްދަވައެވެ.
6- سَلْمَه بن قيس ވިދާޅުވާ ގޮތުގައި މާތް الله ބާވައިލެއްވި تورات ގައި އަދި إنْجِيْل އާއި زَبُوْرْގައި ވެސް اللهُ لاَإلَهَ إلاَّ هُوَالحَيُّ الْقَيُّوْمُ އަށްވުރެ މާތް آية އެއް ނެތެވެ. މި سَلْمَه بن قَيس އަކީ އީލިޔާ (މިހާރުގެ بَيْتُ الْمَقْدِس) ގެ ފުރަތަމަ އަމީރެވެ.
7- މާތް الله ރުއްސުންލެއްވި على بن أبِى طالب ގެފާނު ވިދާޅުވި އެވެ. الله ގެ ރަސޫލާ ﷺ حديث ކުރެއްވި އެވެ.
" فَاتِحَةُ الْكِتَابِ , وَآيَةُ الْكُرْسِى , وَشَهِدَ الله أَنَّهُ لآإلَهَ إلاَّهُوَ ...... وَقُلِ الَّلهُمَّ مَالِكَ الْمُلْكِ ....... هَذِهِ الآيَاتُ مُعَلّقَاتٌ بِلْعَرْشِ لَيْسَ بَيْنَ هُنَّ وَبَيْنَ الله حِجَابٌ - أورده القرطى عن ابن عمرو والدانى –
سُورَة الْفَاتِحَة އާއި آيَةُالْكُرْسِى އާއި شَهِدَاللهُ أَنَّهُ لاَإِلَهَ إِلاَّهُوَ (މިއީ آلعمران ގެ 18 ވަނަ އާޔަތެވެ.) މިއާޔަތާއި قُلِ اللَّهًمَّ مَالِكَ الْمُلْكِ (މިއީ آلعمران ގެ 26 ވަނަ آية އެވެ.) އާޔަތަކީ عرشގައި އެކުލެވި ގެންވާއާޔަތް ތަކެކެވެ. الله ގެ حضرة އާ މި آية ތަކާ ދެމެދުގައި އެއްވެސް ހުރަހެއް ނެތެވެ.
8- أَيْفَع بن عَبْدِ الله الكَلاَعِى ވިދާޅުވާ ގޮތުގައި މީހަކު އައިސް ކީރިތި ރަސޫލާ ﷺ އަށް މާތް الله ގެ ފޮތުގައިވާ އެންމެ މާތް آية އަކީ ކޮބައިތޯ ސުވާލު ދެންނެވުމުން އެއީ آية الْكُرْسِى ކަމަށް ވިދާޅުވި އެވެ. އެކަލޭގެފާނު މިހެން ވިދާޅުވެފައި، ދެން ވިދާޅުވީ فَإِنَّهَا مِنْ كَنْزِ الرّحْمَةِ مِنْ تَحْتِ عَرْشِ اللهِ وَلَمْ تَتْرَكْ خَيْرًا فِى الدُّنْيَا وإَلْآخِرَة إلاَّ اشتَمَلَتْ عَلَيْهِ
- الدارمى –
އެހެނީ އެއީ الله ގެعرش ގެ ދަށުގައިވާ رحمة ގެ ކަންޒެކެވެ. ދުނިޔެ އާއި آخرة ގައިވާ އެއްވެސް ހެޔޮކަމެއް އެ އާޔަތުގައި ނުހިމެނި ނުވެއެވެ.
- ޢަލްމިންބަރު މަޖައްލާއިން