ރާއްޖޭގައި މިޞުރުގެ ޑޮކްޓަރުން ގިނަކަމުން ހެލްތް މިނިސްޓަރު ކަންބޮޑުވުން ފައުޅުކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ރާއްޖޭގައި މިޞުރުގެ ޑޮކްޓަރުން ގިނަކަމުން ހެލްތް މިނިސްޓަރު ކަންބޮޑުވުން ފައުޅުކުރައްވައިފި!

ރާއްޖޭގެ ޞިއްޙާ ދާއިރާގައި ޚިދމަތްކުރާ ޑޮކްޓަރުންގެ ތެރޭގައި މިޞުރުގެ ޑޮކްޓަރުން ގިނަކަމުން ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް (ކެރެފާ ނަސީމް) ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

ނަސީމް މިރޭ ވިދާޅުވީ ރާއްޖޭގައި ތިބި ބިދޭސީ ޑޮކްޓަރުންގެ ގާތްގަނޑަކަށް 80 އިންސައްތައަކީ މިޞުރުގެ ޑޮކްޓަރުން ކަމަށާއި އެކަމަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބޭނުންފުޅުވަނީ ގިނަ ޤައުމުތަކެއްގެ ޑޮކްޓަރުން ރާއްޖޭގައި ޚިދުމަތްކުރަން ކަމަށެވެ. 

މިޞުރުގެ ޑޮކްޓަރުން ގެ ނިޞްބަތް މަތިވުމުން ލިބުނީ ކޮން ގެއްލުމެއްކަން ބަޔާންކުރައްވާފައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މިޞުރުގެ މުސްލިމް ޑޮކްޓަރުން މަދުކުރައްވައި އިތުރުކުރައްވާނީ ކޮން ޤައުމުތަކެއްގެ ޑޮކްޓަރުންކަމެއްވެސް ވިދާޅުވެފައެއް ނުވެއެވެ.

މިއަދު އޮންލައިން