މެންބަރު ވަޙީދު ޤުރްއާނުގެ އާޔަތްތައް ދޮގުކޮށް ފުރައްސާރަކުރުމުން ޝައިޚް އާދަމް ނިޝާން ކަންބޮޑުވުން ފައުޅުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މެންބަރު ވަޙީދު ޤުރްއާނުގެ އާޔަތްތައް ދޮގުކޮށް ފުރައްސާރަކުރުމުން ޝައިޚް އާދަމް ނިޝާން ކަންބޮޑުވުން ފައުޅުކުރައްވައިފި

"މިއީ ހަމަ ސީދާ ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ފުރައްސާރަކޮށް ދޮގުކޮށް ކާފަރުވުން. މިއިސްލާމީ ދީބުގައި މިގޮތަށް ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ފުރައްސާރަކުރަން ފުރުޞަތު ދެވިގެން ނުވާނެ.

މިފަދަ މީސްމީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ފިޔަވަޅު ނާޅާ ތާނގައި، މިތަނުގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށްވެސް ޢަމަލު ނުކުރެވޭ.

އެހެން ނަމަވެސް ޤުރްއާނާއި ސުންނަތުގެ އަލީގައި ދީނުގައި އޮންނަ އެއްޗެއް އަޅުގަނޑުމެން ބަޔާންކުރީމާ ފިޔަވަޅު އަޅައި، އިސްލާމިކް މިނިސްޓްރީއަށް ގެންގޮސް ނަޞޭޙަތްދީ އެބަ ހަދާ."

މިބަސްކޮޅާއިއެކު ޝައިޚް އާދަމް ނިޝާން ވަނީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމދު ވަހީދު (ވައްޑެ) ކީރިތި ޤުރްއާނުގެ ދޮގުކޮށް ފުރައްސާރަކުރާ ވީޑިއޯއެއް ހާމަކުރައްވައިފައެވެ. 

ގުޅުންހުރި ވީޑިއޯ: 

https://www.facebook.com/SheikhAdamNishan/videos/473008097239381

މިއަދު އޮންލައިން