އެމްޑީއޭ އިން އިބޫ އަށް މަރުހަބާ ކިޔައިފި

ކިޔުމަށް ހޭދަވާނީ 48ސ
އެމްޑީއޭ އިން އިބޫ އަށް މަރުހަބާ ކިޔައިފި
ރިޔާސީ އިންތިހާބު 2018 އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމުން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން އެމަނިކުފާނަށް މަރުހަބާ ކިޔައިފިއެވެ.

ވަރަށް ވެސް ތަނަވަސް އަގުލަބިއްޔަތަކުން އިބޫ ކާމިޔާބު ކުރައްވާފައިވާތީ އެމްޑީއޭ ގެ ހުރިހާ މެންބަރުންގެ ނަމުގައި އެޕާޓީއިން މަރުހަބާ ދަންނަވާފައިވަނީ އެޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްޑީއޭގެ ބަޔާނުގައި ބުނެފައިވަނީ އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުކުރެވޭ ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށް އެޕާޓީން އުއްމީދު ކުރައްވާ ކަމަށެވެ.

މީގެއިތުރުން އެޕާޓީން އެދެނީ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަޤުބަލަކަށާއި ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ރޫޙާ އެއްގޮތަށް އަޑު އެފުލުމުގައި އެޕާޓީން އަޑުއުފުލާނެކަމަށް އެޕާޓީން ބުނެއެވެ.
މިއަދު އޮންލައިން