މައްސަލަތަކުގެ ފަހަތުން ނުދުވެ ޙައްލުގެ ފަހަތުން ދުވުމުން ރަޙްމަތް ތިބާ ހުރިތަނަކުން އަރާހަމަކޮށް ހުރިހާ ކަންކަން ޙައްލުކޮށްދޭނެއެވެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 53ސ
މައްސަލަތަކުގެ ފަހަތުން ނުދުވެ ޙައްލުގެ ފަހަތުން ދުވުމުން ރަޙްމަތް ތިބާ ހުރިތަނަކުން އަރާހަމަކޮށް ހުރިހާ ކަންކަން ޙައްލުކޮށްދޭނެއެވެ!

ކަންކަމަށް ދަތިވުމުން ޙައްލު ލިބުމަކީ އެކަމަށް ކަންބޮޑުވެ އެކަމުގެ ވާހަކަތައް ދެއްކުން ގިނަކުރުމަކުން ޙާޞިލުކުރެވޭ ކަމެއް ނޫނެވެ. އަދި އެއީ މަގުތަކުގައި ބާރުބާރަށް ދުވެ އަތްފުނާއަޅައިގެންވެސް ފެންނަ އެއްޗެއް ނޫނެވެ. ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. 

ކުރަން އޮތް ހަމައެކަނި ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަމާއި ތަޤްވާވެރިކަމާއި އަޅުކަން ފަހައި ދުވުމެވެ. ދާއަޅައިގެންވެސް ބަލަންވީ އެކަންކަން އަތުލައިގަނެވޭތޯއެވެ! ވީހައި ގިނަ ވަގުތު ހޭދަކުރަންވީ އެކަންކަން ޙާޞިލުކުރުމަށެވެ. މިކަންކަމަށް ކިޔަނީ ހުރިހާ ކަންކަމުގެ ޙައްލެވެ.

އެނގޭ ހެއްޔެވެ؟ އެއިރުން ﷲ ތަޢާލާގެ ރަޙްމަތް ތިބާފަހައިދުވާނެއެވެ! ކޮންމެ ތަނެއްގައި ހުރި ނަމަވެސް އައިސް އަރާހަމަކުރާނެއެވެ. ތިބާ އަތުލައިގަންނާނެއެވެ! ކިތަންމެ ބޮޑު ކަމެއްގައި ކަސްތޮޅުއެޅި ބަނދެވިފައިވީނަމަވެސް ކަސްތޮޅުތައް ނައްޓުވާލައި މިނިވަންކޮށްދޭނެއެވެ. ހުރިހާ ކަންބޮޑުވުންތަކެއް ފިލުވައިލަދޭނެއެވެ! 

މަޖާޒީ ގޮތެއްގައި މިކިޔައިދިނީ ވަރަށް ގިނަ ވާހަކަތަކެކެވެ. އަޑުއަހައި އަމަލުކުރާށެވެ! ހުރިހާ ކަންބޮޑުވުންތަކަކުން ސަލާމަތްވެވޭނެ މަގެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން