ﷲ ވާގިފުޅާއެކު ކޮރޯނާ އިން އަރައިގަނެވޭނެކަން ޔަޤީނެވެ! ޔަޤީންކުރަންވީ ތިމާގެ ޢަމަލުތަކަށް ހެޔޮ ބަދަލު ގެނެވޭ ކަމެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ﷲ ވާގިފުޅާއެކު ކޮރޯނާ އިން އަރައިގަނެވޭނެކަން ޔަޤީނެވެ! ޔަޤީންކުރަންވީ ތިމާގެ ޢަމަލުތަކަށް ހެޔޮ ބަދަލު ގެނެވޭ ކަމެވެ!: މުފްތީ މެންކް

ކޮރޯނާގެ ބިރުވެރިކަން ކުރިމަތިވެފައިވާ މިހާލަތުގައިވެސް މުސްލިމުން ޔަޤީންކުރަންވީ ދެ ކަމެކެވެ. އެއީ ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމާއި ކޮރޯނާ ބައްޔަށްވެސް ޝިފާ ލިބޭނެ ކަމާއި ކޮރޯނާ ބަލި ފެތުރުންވެސް ހުއްޓޭނެ ކަމެވެ. 

މި 2 ކަންތައް ޤަބޫލުކުރިއަ ނުދީ ޝައްކު އުފައްދަނީ ޝައިޠޯނާއެވެ! ކުރެވިފައިވާ ފާފަތައް ހަނދާންކޮށްދީ އެ ފާފަތައް ފުއްސަވައި ނުދެއްވަވާނެކަމަށް ބުނެ މާޔޫސް ކުރުވަނީވެސް ޝައިޠޯނާއެވެ. ވީމާ މިހާލަތުގައި ވެސް އެންމެ މުހިންމީ ޝައިޠޯނާ އާއި ދެކޮޅަށް ހަނގުރާމަކޮށް ނަޞްރު ހޯދުމެވެ! އަވަހަށް ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެކަން އެއީ ﷲ ތަޢާލާ ޔަޤީންކަން ދެއްވަވާފައިވާ ކަމެވެ. ބޭނުންވަނީ ހަމައެކަނި އިޚްލާޞްތެރިވުމެވެ. 

ލުޤްމާންގެފާނު ދަރިކަލުންނަށް ދެއްވެވި ނަޞޭޙަތްތައް ޤަބޫލުކުރާށެވެ! "އޭދަރިފުޅާއެވެ. ﷲ ތަޢާލާއަށް އަޅުކަންކުރާށެވެ! ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާށެވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ވާޖިބުތައް އަދާކުރާށެވެ! ތިބާވީ ކޮންމެ ތަނެއްގައި ވެސް ތިބާ ކުރާ ކޮންމެ ޢަމަލެއް ﷲ ބައްލަވައިވޮޑިގެންވާކަން ޔަޤީންކުރާށެވެ! ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކޮންމެ ކަމަކަށްވެސް ކެތްތެރިވާށެވެ. 

މީސްތަކުންނޭވެ! ކޮރޯނާ އާއި ކުރިމަތިލައި ކުރީ ސަފުގައި ތިބެގެން ޚިދުމަތްކުރަމުން ގެންދާ އެންމެންނަސް ޝުކުރުވެރިވާށެވެ! ޞަދަޤާތް ދިނުން އިތުރުކުރާށެވެ! ޞަދަޤާތް ދިނުމަކީ އެމީހަކަށް ކޯފާވެވޮޑިގަތުން ނެތިކުރައްވަވައި ރުހިވޮޑިގަތުން އިތުރުކޮށްދެއްވަވާ ހެޔޮ ޢަމަލެކެވެ. ޙާލުގައި ތިބި މީހުންނަށް އެހީތެރިވާށެވެ! ޞަދަޤާތްކުރުން ގިނަކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން