ސިއުޒާ
މިފަހަރު މިގެނެސްދެނީ ގިނަ ބާވަތްތަކެއްގެ ފަތް އެކުގައި ކައްކައިގެން ބޭނުންކުރުމުން ޞިޢްޙީ ގިނަ ކަންތައްތަކަކަށް ފައިދާކުރާނެ ބުއިމެކެވެ.
ބޭނުންވާނެ ތަކެތި:
އަނޯނާ ފަތް
ފޭރު ފަތް
އަނބު ފަތް
ފޮނިތޮށި
1 ސއިސަމުސާ ރީނދޫ
ފެން
ހުރިހާ އެއްޗެއް އެއްކޮށް ތެއްޔަކަށް އަޅާލުމަށްފަހު 13 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު ފުރާނާލުމަށްފަހު ތާފަނާކޮށް މުޅި ދުވަސްމަތިން ބޯލާށެވެ.
މިއީ ކިޑްނީގެ އިންފެކްޝަންތަކާ ހަނގުރާމަ ކޮށްދޭ އެއްޗެކެވެ. ސާކިޔުލޭޝްން ރަނގަޅު ކޮށްދިނުމާއިއެކު ލޭގައި ހުންނަ ހަކުރުގެ ބައި އެއްވަރެއްގައި ހިފަހައްޓާދެއެވެ. އަދި މީގެ އިތުރުންވެސް ބުރަކަށީގެ ރިހުން ފަދަ ކަންކަންވެސް ފަސޭހަކޮށްދެއެވެ.
- މައުލޫމާތު:: ޞިއްޙީ ޚަބަރު