އެހެން މީހުންގެ ބޮލުގަ ކަންކަން އަޅުވަން މަސައްކަތްކުރާ މީހަކަށް އިޞްލާޙެއް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އެހެން މީހުންގެ ބޮލުގަ ކަންކަން އަޅުވަން މަސައްކަތްކުރާ މީހަކަށް އިޞްލާޙެއް ނުވެވޭނެ!: މުފްތީ މެންކް

ކުރެވޭ ކުށް ޤަބޫލުނުކޮށް ބަހަނާ ދައްކާ މީހަކަށް އިޞްލާޙެއް ނުވެވޭނެއެވެ. އެފަދަ މީހުން، އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ވިސްނި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. 

ވީމާ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން އެދޭ މީހާ ފުރަތަމަ ކަމަކަށް ކުރެވޭ ކުށްތައް ޤަބޫލުކޮށް އެކަންކަމުގެ ޒިންމާ ނަގާ މީހަކަށްވާށެވެ! އަދި ތިމާ ކުރާ ކަންކަމަކީ ތިމާއަށް ކުރެވުނު ކަންކަމަށްވާއިރު ގޯސްކޮށް އެއްވެސް ކަމެއް ކުރެވިފައިވާނަމަ އެކަމުގެ ޒިންމާ ވެސް ނަގަންކެރޭ މީހަކަށްވާށެވެ! 

އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވާ މީހަކަށް ނުވާށެވެ! ކުރެވޭ ކުށްތަކުން ޢިބްރަތް ޛޙާޞިލުކޮށް މުސްތަޤްބަލުގެ ކަންކަން ރަނގަޅަށް ކުރަން މަސައްކަތްކުރާށެވެ! އެމަސައްކަތުގެ ސަބަބުން ރަނގަޅު ގޮތްތައް މެދުވެރިވުމަށް ފުރުޞަތު ލިބި ޙަޔާތަށް ކުރިއެރުން ލިބިގެންދާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ނަޞޭޙަތެއް

މިއަދު އޮންލައިން