ނަމްރޫދު ފަނާކުރައްވަން ފޮނުއްވެވި މަދިރި ލޮލަށް ފެނުނެވެ! މިއަދު މުޅި ދުނިޔެ މުޞީބާތަކަށް ވައްޓާލަމުންދާ ވައިރަސް މާ ކުޑަކުޑައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ނަމްރޫދު ފަނާކުރައްވަން ފޮނުއްވެވި މަދިރި ލޮލަށް ފެނުނެވެ! މިއަދު މުޅި ދުނިޔެ މުޞީބާތަކަށް ވައްޓާލަމުންދާ ވައިރަސް މާ ކުޑަކުޑައެވެ!

ކޮރޯނާ ވައިރަސްއިން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ އެ މުޞީބާތުން މާތް ﷲ މީސްތަކުން ސަލާމަތްކޮށްދެއްވެވުންކަން މިއަދު މިވަނީ ޔަޤީންކުރެވިފައެވެ. މިއަދު ހެނދުނުގެ 10.45 އާއި ހަމައަށް ބަލައިފިނަމަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު މިވަނީ 1,016,310 އަށް އަރައިފައެވެ. މަރުވި މީހުންގެ ޢަދަދު މިވަނީ 53,237 އަށް އަރައިފައެވެ. ސީރިއަސް ޙާލަތުގައި ތިބި މީހުންގެ އަދަދު މިވަނީ 37،564 އަށް އަރައިފައެވެ. ފަރުވާކުރަމުންދާ މީހުންގެ އަދަދު ވަނީ 749،942 އަށް އަރައިފައެވެ.

ތިމަންމެންނަކީ އެންމެ ބާރު ގަދަ މީހުން ކަމަށް ބުނެ އެކަމަށް ދައުވާ ކުރަމުން އަންނަ އެމެރިކާގައި ބަލި ޖެހުނު މީހުންގެ ޢަދަދު މިވަނީ 245,373 އަށް އަރައިފައެވެ. މަރުވި މީހުންގެ ޢަދަދު މިވަނީ 6,095 އަށް އަރައިފައެވެ. ސީރިއަސް ޙާލަތުގައި ތިބި މީހުންގެ އަދަދު 5,421 އަށް މިވަނީ އަރައިފައެވެ. ފަރުވާކުރަމުންދާ މީހުންގެ އަދަދު ވަނީ 228,875 އަށް އަރައިފައެވެ.

ކާކަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ވަށައިގެން އެތައް ބައިވަރު ބޮޑީގާޑުން ބައިތިއްބައިގެން އަދި ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން ބައިތިއްބައިގެން އުޅޭ މީހުންނަށް އެބަ ސަލާމަތްވެވޭ ހެއްޔެވެ؟ ޗުއްޓީއަކަށް ތަނަކަށް ދާން ބޭނުންވި ނަމަވެސް އެ ސަރަހައްދަކުން އެންމެން ހުސްކޮށް ހުރިހާ ނުރައްކަލަކުން ސަލާމަތްކަން ހޯދައިގެން ތަންތަނަށް ގޮސް އުޅޭ މީހުންނަށް ކޮރޯނާ ވައިރަސްއިން ސަލާމަތް ނުވެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެމީހަކާއި ބައްދަލުކުރަން ނިކަމެތި ފަޤީރުންނަށް ފުރުޞަތު ނުދީ ބޮޑާވެ ކިބުރުވެރިވެގެން އުޅޭ މީހުންނަށް ކޮރޯނާ ވައިރަސް އާއި ބައްދަލުނުކޮށް ނުތިބެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

ތިމާއަކީ މުޅި ދުނިޔޭގެ ވެރިމީހާ ކަމަށް ދައުވާ ކުރަމުން އަންނަ ޓްރަމްޕް ވެސް މިފެންނަނީ އިރުއިރުކޮޅުން ކޮޅުން ކޮރޯނާ ވައިރަސްއަށް ޓެސްޓްކުރާ ތަނެވެ؟ ނަމްރޫދު ފަނާ ކުރައްވަވަން ފޮނުއްވެވި މަދިރިން އެ ކިބުރުވެރިޔާއަށް ސަލާމަތް ނުވެވުނު ފަދައިން މިއަދު މިފެންނަނީ ދުނިޔޭގައި ތިބި ބާރުގަދަ، ކިބުރުވެރި ބޮޑާ މީހުންނަށްވެސް މަދިރިއަކަށްވުރެވެސް މާކުޑަކުޑަ ވައިރަސްއަކުން ސަލާމަތްނުވެވިގެން އުޅޭތަނެވެ.

މިފަދަ ކޮންމެ ކަމަކީ މީސްތަކުންނަށް ދައްކަވާ ޢިބްރަތެވެ! މާތް ﷲ އަށްވުރެ ބާރު ގަދަ ފަރާތެއ ނުވާކަމުގެ ހެކިތަކެވެ. މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ދެއްވަވާ ފުރުޞަތުތަކެވެ! ސަލާމަތްކަން އޮތީ ފުރުޞަތުގެ ބޭނުން ހިފާ ބައަކަށެވެ.

މިއަދު އޮންލައިން