އޭނާއަކީ ނިދުމުގެ ކުރިން ވީހައި ގިނައިން ޝަހާދަތް ކިޔާ މީހެކެވެ. ވީހައި ގިނައިން ޛިކްރުކުރާ މީހެކެވެ. ފެންވަރައި ވުޟޫކުރާ މީހެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްގެން އޮވެ ނިދަން މަސައްކަތްކުރާ މީހެކެވެ.
އޭނާގެ ނޭފަތް ހިރުވަން ފެށިއެވެ. ލޯވެސް ހިރުވަން ފެށިއެވެ. ހުންވެސް އައެވެ. މި ޢަލާމާތްތައް ފެނުމުން އޭނާ ހޮސްޕިޓަލަށް ދިއައެވެ. އަމިއްލައަށް ބޭސް ނުކައި އަވަހަށް ޑޮކްޓަރެއްގެ ފަރުވާ ހޯދުމަށެވެ. މިދުވަސްވަރުގެ ގޮތުން ޑޮކްޓަރުން ދެމުން ގެންދާ އިރުޝާދުތަކަށް ތަބަޢަވުމުގެ ގޮތުންނެވެ.
ހޮސްޕިޓަލުގެ ޕޯޓިކޯއިން އޭނާ ސްކޭން ކުރިއެވެ. ސްކޭން ކުރަން ތިބި 2 މީހުންގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. ދެވަނަ ފަހަރު ސްކޭން ކުރިއެވެ. އަދި 3 ފަހަރުވެސް ސްކޭން ކުރިއެވެ. ނަތީޖާއަކަށްވީ "ޔޫ އާ އޯކޭ!" އެވެ. "ފުރަތަމަ ކުރި ސްކޭން އިން ހުން ހުރިކަމަށް ދެއްކި! ނަމަވެސް ކަލޭގެ ގައަކު މިހާރު ހުމެއް ނެތް!" ކަމަށް ބުންޏެވެ.
އެ ހިސާބުން އޭނާ ޑޮކްޓަރަކަށް ނުދައްކައެވެ. އަދި ނޭފަތް ހިރުވުމާއި ލޮލަށް އުނދަގޫވުންވެސް ވަނީ ފިލައިފައެވެ! ހަމަ އެންމެ ބޭސް ގުޅައަކާއިވެސް ނުލައެވެ!
ކޮންމެ މީހަކަށް އެއްގޮތަކަށް ކަންކަން މެދުވެރި ނުވެދާނެއެވެ! އިންސާނުން ބަލިވެސް ވާނެއެވެ! ރަސޫލް (ޞޢވ) ސުވަރުގެ ވަޑައިގެންނެވީވެސް ނުހަނު ގަދަ އާލާސްކަންފުޅާއި އުޅުއްވެވުމަށްފަހުގައެވެ. އަހަރެމެން އުންމީދުކުރަންވީ ﷲ ތަޢާލާގެ ރަޙްމަތަށެވެ! އަވަސް ޝިފާއަށެވެ! އެކަމަށް އޮތް މަގަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަން އިތުރުކުރުމެވެ! ހެޔޮ މަގުގައި ސާބިތުވެ ހުރުމަށް މަސައްކަތްކުރުމެވެ.
(މިލިޔުން ލިޔެފައި މިވަނީ މިއަދުނޫހަށް ވަރަށް އިތުބާރު ކުރެވޭ މީހަކު އޭނާއަސް ދިމާވި ޙާލަތުކަމަށް ބުނެ ދީފައިވާ މައްލޫމާތުގެ މައްޗަށެވެ!)