ޔާ ﷲ! އަޅަމެން ނިކަމެތިވެ ބަނގުރޫޓުވުމުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިނބަ ﷲ އެވެ! އަޅަމެންނަށް ރަޙުމް ކުރައްވަވާނދޭވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޔާ ﷲ! އަޅަމެން ނިކަމެތިވެ ބަނގުރޫޓުވުމުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިނބަ ﷲ އެވެ! އަޅަމެންނަށް ރަޙުމް ކުރައްވަވާނދޭވެ!

ވިޔަފާރިތައް މިދަނީ ބަނގުރޫޓުވަމުންނެވެ. ދައުލަތްތައް ނިކަމެތިވެއްޖެއެވެ. އެންމެންގެ ބާރު ކެނޑިއްޖެއެވެ! ޙާލަތު ބަދަލުކުރަން އެއްވެސް ބާރެއް ފޯރުވޭނެ ހަމަ އެކަކުވެސް މިހާރަކު ނެތެވެ! މުޅި އިންސާނިއްޔަތު މިވަނީ ނިކަމެތިވެ ބަލިކަށިވެ ނިކަމެތިވެފައެވެ. ގޮތް ހުސްވެ އެންމެ ނިކަމެތި ޙާލަތުގައެވެ.

ދުނިޔޭގެ ނިޞްބަތަށް ބަލައިފިނަމަ ގިނައީ ކޮންމެހެން ބޭނުންކުރަން ޖެހޭ އަސާސީ ޚިދުމަތްތަކުގެ ބިލްތައްވެސް ދައްކައިލެވޭނެ ފަދަ ނެތް މީހުންނެވެ! ކާބޯތަކެއްޗަށް އިންތިހާއަށް ބޭނުންވެފައިވާ މީހުންނެވެ! މިވަގުތުވެސް ފުދިގެން ތިބީ މަދު ބައެކެވެ.

ދުނިޔޭގެ ނިޞްބަތަށް މިވަގުތު ބެލި ނަމަވެސް ގިނައީ ހައިހޫނުކަންވެސް ފިލުވައިލެވެންނެތް މީހުންނެވެ! ކޮންމެވެސް ވަރެއްގެ ފުދުންތެރިކަމުގައި ތިބި ބައަކުވެސް އެދަނީ ބަނގުރޫޓުވެ ނިކަމެތިވަމުންނެވެ!

ޔާ ﷲ! އަޅަމެން ނިކަމެތިވެ ބަނގުރޫޓުވުމުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިނބަ ﷲ އެވެ! އަޅަމެންގެ ޞިއްހަތު ސަލާމަތްކޮށްދެއްވަވައި ޙިމާޔަތްކޮށްދެއްވެވޭނެ ފަރާތަކީވެސް ހަމައެކަނި އިނބަ ﷲ އެވެ! ޔާ ﷲ! އަޅަމެންނަށް ރަޙުމް ކުރައްވަވާނދޭވެ! އަޅަމެންގެ ފާފަތަކަށް ޢަފޫކުރައްވަވައި ދެއްވަވައިފާނދޭވެ! ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވަމުން މިދާ މުޞީބާތްތަކުން އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން

--އިސްލާމީ ތިލަފަތުގެ ފަރުސަކުން

މިއަދު އޮންލައިން