"އެކަހެރިވެފައި ހުންނަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށް ނުދެކޭށެވެ! އަދި އެއީ ދެއްވެވި ނިޢްމަތެއް ކަމުގައި ދެކޭށެވެ! އެއީ ނުރައްކައުތެރިކަން ޢާންމުވެފައިވާ މިފަދަ ވަގުތެއްގައި ތބާއަށް ﷲ ދެއްވެވި އަގުހުރި ފުރުޞަތެއް ކަމުގައި ދެކޭށެވެ!
އެހެނީ ﷲ ތަޢާލާ އާއިމެދުގައި ވިސްނުމަށާއި އަދި ޢާއިލާ އާއިއެކުގައި ހޭދަކުރަން ވަގުތު ހޯދުން މިވަނީ ދަތިކަމަކަށްވެފައެވެ. ވީމާ މިލިބޭ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! އަދި ތިމާގެ އަމިއްލަ ކަންކަމަށް ވިސްނުން އިތުރުކުރާށެވެ! ތިމާގެ ކިބައިން އެހެން މީހަކަށް ގެއްލުމެއް ލިބުނަނުދޭށެވެ! އެހެން މީހަކަށް އެއްވެސް އަނިޔާއެއް ނުކުރާށެވެ!"
މުފްތީ މެންކް މިފަދަ ބަސްފުޅުތަކެއް ވިދާޅުވެފައި މިވަނީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އެތައް މިލިއަން އެކި ގޮތްގޮތަށް ކަރަންޓީނުވެ އެކަހެރިވާން ޖެހިފައިވާ ވަގުތެއްގައެވެ. އެއް ބައަކު ފަރުވާދޭ މަރުކަޒުތަކުގައެވެ. އަނެއް ބައަކު އެމީހުން ދިރިއުޅޭ ގޭގައެވެ.
މުފްތީ މެންކް އަދިވެސް ވިދާޅުވެފައިވެއެވެ.
ތިބާގެ ވަށައިގެން ކިތަންމެ ގިނަ ކަންތައްތަކެއް ހިނގި ނަމަވެސް ތިބާ ކަންބޮޑު ނުވާށެވެ! ނާއުންމީދު ނުވާށެވެ! އެކަންކަމުގެ ސަބަބުން ތިބާގެ ހިތްވަރު އެލުވައިނުލާށެވެ! މާޔޫސް ވެސް ނުވާށެވެ! ތިބާ ހުންނަންވާނީ ﷲ ތައާލާގެ ރަޙްމަތުގެ އުންމީދުގައެވެ. އެންމެހައި ކަންކަމުގެ ހުރިހާ ބާރުތަކެއް ވަނީ ﷲ ތައާލާގެ ޙަޟްރަތުގައެވެ!"-- މުފްތީ މެންކް