ޤައުމު ރައްޔިތުންގެ ކިބައިން އެދެނީ ފަރުދީ ޒިންމާ އުފުލައި އެމީހަކު ހުންނަން ޖެހޭ ތަނެއްގަ މަޑުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޤައުމު ރައްޔިތުންގެ ކިބައިން އެދެނީ ފަރުދީ ޒިންމާ އުފުލައި އެމީހަކު ހުންނަން ޖެހޭ ތަނެއްގަ މަޑުކުރުން!

ކޮރޯނާ ވައިރަސްގެ ޙާލަތު މިވަގުތު ރާއްޖޭގައިވެސް ހުރިގޮތުން ޤައުމު ރައްޔިތުންގެ ކިބައިން އެދެނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެމީހަކު ހުންނަން ޖެހޭ ތަނެއްގައި މަޑުކުރުން ކަމަށް ޑޮކްޓަރުންގެ ފަރާތުން ބުނެފިއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އަފްސަލް ވިދާޅުވީ ރިޒޯޓުތަކުގައި ނަމަވެސް ގޭގައި ނަމަވެސް މަޑުކުރަން އެންގިފައިވާ މީހުންނަށް އޮޅުވާލައިގެން ބޭރަށް ދެވިދާނެ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން އެކަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ޑޮކްޓަރ އަފްސަލް ވިދާޅުވީ ކޮންމެ މީހަކަށް ފާރަލައި ބެލެހެއްޓުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ އަމިއްލައަށް ތެދުވެރިވެގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

ޑޮކްޓަރ އަފްސަލް ވަނީ ރަށެއްގައި ނަމަވެސް ރޯގާގެ ޢަލާމާތެއް ފެނިގެން ފަރުވާހޯދަން ދާނަމަ އެކަން ކުރިއާލައި އަންގައި ޑޮކްޓަރުންގެ ސަމާލުކަމަށް ކުރިއާލައި ގެނައުމަށްފަހު ފަރުވާ ހޯދަން ދިއުމަށް ވެސް އެދިވަޑައިގެންފައެވެ. ޑޮކްޓަރ އަފްސަލް ވިދާޅުވީ އެއިރުން އެމީހަކަށް ދޭންޖެހޭ ސަމާލުކަން ދޭން ފަސޭހަވާނެ ކަމަށާއި އެހެން މީހުންނަށް ބަލި ފޯރުމުގެ ފުރުޞަތު ކުޑަވާނެ ކަމަށެވެ.

 

މިއަދު އޮންލައިން