ގިނަ ފަހަރު ދަރިންނަށް އެސްފީނާ އަޅުވަނީ މައިންބަފައިންނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ގިނަ ފަހަރު ދަރިންނަށް އެސްފީނާ އަޅުވަނީ މައިންބަފައިންނެވެ!: މުފްތީ މެންކް

ދަރިފުޅަށް ރަނގަޅު ކާއެއްޗެއް ދެވިއްޖެ ނަމަ އެ ފޮޓޯނަގައެވެ. އަދި ކީއްހެއްޔެވެ؟ ރީތި ހެދުމެއް ލެއްވުނު ނަމަވެސް އަގު ބޮޑު ގަހަނާއެއް އެޅުވުނު ނަމަވެސް ފޮޓޯނަގައެވެ. އަދި އެވަރުން ފުދެނީއެއް ނޫނެވެ. ކްލާހުން ބެޖެއް ލިބުނަސް ފޮޓޯނަގައެވެ. 

އަގުބޮޑުތަނަކަށް ޗުއްޓީ ހޭދަކުރަން ދެވުނު ނަމަވެސް ފެންވަރު ރަނގަޅު ތަނަކަށް ކާން ދެވުނު ނަމަވެސްމެއެވެ. ނަގާފައި ސޯޝަލްމީޑިއާގައި ހާމަކުރެއެވެ. 

އެވަރަކުން ވެސް ނުފުދެއެވެ. އެކަކާއި އަނެކަކު މިކަންކަމުގައި ވާދަކުރެއެވެ. އަނެކާއަށްވުރެ ތިމާގެ ދަރިފުޅަށް ކޮށްދެވޭ ކަންކަމުގެ އަގުބޮޑުކުރަން މަސައްކަތްކުރެއެވެ! މިކަންކަމުގެ ނަތީޖާއަކަށްވެގެންދަނީ ހަސަދަވެރިން އުފެދުމެވެ. އެސްފީނާ އަޅަން ފެށުމެވެ. 

ދަރިން މި ނުބައި އަނދަވަޅަށް ތިއަ ވައްޓައިލަނީ ހަމަ މައިންބަފައިންގެ އަތްތަކުންނެވެ. 

ދަރިންނަށް ކަންކަން ކޮށްދޭންވީ ދުނިޔެއަށް އަންގާކަށް ނޫނެވެ! ދުނިޔެއަށް އިޝްތިހާރުކުރާކަށް ނޫނެވެ! ދަރިންނަށް ރަނގަޅަކަށެވެ. ދަރިންގެ އުފަލަކަށެވެ. ނަމަވެސް ތިއަ އަމަލުކުރެވޭ ގޮތުން ދަރިންނަށް ލިބެނީ އނިޔާއެވެ! ގެއްލުމެވެ! ހިތްދަތިކަމެވެ! ވީމާ ހަމަ ކޮންމެ މީހަކުވެސް މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! 

އެހެން މީހުންގެ އެސްފީނާއިން ދަރިން ސަލާމަތްކުރާށެވެ! ދަރިންދެކެ ޙަޤީޤީ ލޯބިވާނަމަ ދަރިންނަށް އަނިޔާދޭ ބައަކަށް ނުވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން