އަހަރެން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަހަރެންގެ ޢާއިލާއަށެވެ. ޢާއިލާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރުމަށެވެ! އަހަރެންގެ އެންމެ ބޮޑު އެސެޓަކީ އަހަރެންގެ ޢާއިލާއެވެ.
އަހަރެންނަށް ލިބޭ ދައުވަތެއްގައި ބައްދަލުވުމަކަށް ދިއަ ނަމަވެސް ޤައުމުން ބޭރަށް ދިއަ ނަމަވެސް ކޮންމެހެން ހޭދަކުރަންޖެހޭ ވަގުތުގެ އިތުރަށް 5 މިނިޓް ވެސް ހޭދައެއް ނުކުރަމެވެ. ބަލަނީ އަވަހަށް ޢާއިލާ ގާތަށް ދިއުމަށެވެ!
މިސާލަކަށް 6 ގަޑިއިރުގެ ދަތުރެއް ކޮށްފައި މެލޭސިޔާއަށް ދިއުމަށްފަހުގައިވެސް އަހަރެން ބައިވެރިވާން ޖެހޭ އިވެންޓް ނިމުމުން ވަގުތުން ފުރާކަށް އަހަރެން އެއްވެސް ވަރަކަށް ފަހެއް ނުޖެހެމެވެ. ސަބަބަކީ އަހަރެން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޢާއިލާއަށް ކަމުގައިވާތީއެވެ.
އެއްވެސް ޙާލެއްގައި މިދައްކަނީ ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ކަންކަން ކުރުމުގެ ވާހަކައެއް ނޫނެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. މިބުނަނީ އެނޫން ހުރިހާ ކަމެއްގައިވެސް އަހަރެން އެންމެ އިސްކަން ދޭނީ އަހަރެންގެ ޢާއިލާއަށް ކަމުގެ ވާހަކައެވެ.
- މުފްތީ މެންކް