އަހުރެމެން ބަލައިލަންވީ ޞަޙާބީން ޢަމަލުފުޅުކުރެއްވެވި ގޮތަށެވެ. ރަމަޟާން މަހާއި ވިދިގެން އަންނަ 6 މަސްދުވަހު ޞަޙާބީން ތިއްބެވީ ރަމަޟާންމަހު ކުރެއްވެވުނު އަޅުކަން ޤަބޫލުފުޅުކޮށްދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވުންމަތީގައެވެ. ޖެހިގެން އަންނަ (މިހާރު ހިނގަމުން މިދާ ފަހުބައި) 6 މަސްދުވަހު ތިއްބެވީ އަންނަ ރަމަޟާން މަހާއި ބައްދަލުވެ ހެޔޮ ޢަމަލުކުރެއްވުމުގެ ފުރުޞަތު ދެއްވެވުން އެދި ދުޢާކުރެވެވުންމަތީގައެވެ.
މިއީ ހަމަ އަހުރެމެންވެސް ޢަމަލުކުރަން އޮތްގޮތެވެ. އެހެންކަމުން މިފަދަ ދުޢާއެއް ކުރެއްވެވުންމަތީގައި ތިއްބެވުން ކީއްތޯއެވެ!
"ޔާ ﷲ! އަންނަ ރަމަޟާން މަހާއި ބައްދަލުވުމަށާއި އެމަހުގައި ވީހާ ގިނަ އަޅުކަންކުރުމުގެ ފުރުޞަތު ދެއްވަވާނދޭވެ! ރަމަޟާންމަހަށްޓަކައި މިއަޅާގެ ހިތް ޠޯހިރުކޮށް ދެއްވަވައި ޘާބިތުކަން ދެއްވަވާނދޭވެ! މިއަޅާގެ ތައުބާ ޤަބޫލުފުޅުކުރައްވަވައި އިނބަ ﷲ އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ރަމަޟާން މަހާއި ބައްދަލުކުރެވޭ އަޅުންގެތެރޭގައި މިއަޅާ ލައްވަވާނދޭވެ! އާމީން"
އިތުރަށް ރަމަޟާން މަހުއްގެ ރޯދަ ހިފަން ލިބުމަކީ މަދުން ރޯދަހިފުނު ޝަހީދުންނަށްވުރެ ކުރިން ސުވަރުގެވައްދަވާ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ފާއިތުވި ރަމަޟާން މަހުގައި އެކަށީގެންވާވަރަށް ހެޔޮ އަމަލުތައް ނުކުރެވުނު މީހުންވެސް މާޔޫސްވެ އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ރަނގަޅު ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުންމަތީގައި ދެމިހުންނަ މީހަކަށް ﷲ ތަޢާލާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން