ސަލާމަތް ޞިއްޙަތަކީ ދާއިމީ ނިޢްމަތެއް ކަމަށް ދެކެ ޣާފިލުވާ މީހުން ބިރުވެތިވާށެވެ! ހިއްޕަވާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ސަލާމަތް ޞިއްޙަތަކީ ދާއިމީ ނިޢްމަތެއް ކަމަށް ދެކެ ޣާފިލުވާ މީހުން ބިރުވެތިވާށެވެ! ހިއްޕަވާނެއެވެ!: މުފްތީ މެންކް

މީސްތަކުންނޭވެ! އިންސާނުންނަށް ބަލިތައް ޖެއްސެވުމުން ޢިބްރަތް ޙާޞިލުކޮށް އެތައް ބައަކު ތައުބާވެ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތް ފަށައެވެ. އެފަދަ ވިސްނުމެއް މީހަކަށް ލިބުމަކީވެސް ނިޢްމަތެކެވެ! ނިޢްމަތް ލިބޭނީ ހޯދަން މަސައްކަތްކުރާ މީހާއަށެވެ! އެކަމަށް ވިސްނައި ފިކުރުކުރާ މީހުންނަށެވެ.  

ހިތާމައަކީ ޞިއްހަތު ސަލާމަތުން ތިބޭނަމަ ފާހިޝް ޢަލުތައް ކުރުމާ ވައްކަން ކުރުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި އެނޫންވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރަން ގިނަ ބައަކު ފަސް ނުޖެހޭ ކަމެވެ. ސަލާމަތް ޞިއްޙަތު ލިބެނީ މޮޅު ކާނާ އާއި ކަސްރަތުން ކަމަށް ޤަބޫލުކޮށް އެއީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއްކަން ހަނދާން ނައްތައިލާ ކަމެވެ.  

މިފަދަ މީހުންނަށް ބައްޔެއް ޖެއްސެވުމުން އަތުގައި ފައިސާހުރި ނަމަ ދުނިޔޭގެ އެންމެ މޮޅު އެތައް ޑޮކްޓަރުން ގާތަށް ދެއެވެ. ނަމަވެސް ޝިފާއެއް ނުލިބުމުން ﷲ ތަޢާލާގެ މަތިން ހަނދާންވެ ރޮއި ކަރުނަ އަޅައި ޝިފާ ދެއްވެވުން އެދި ދުޢާކުރަން ފަށައެވެ! 

އެފަދަ މީހުންނަށް ﷲ ތަޢާލާ މާކުރިން އިންޒާރުތައް ދެއްވެވިކަން ކުރިން ނުވެސް އެނގޭ ފަދައެވެ. ރަސޫލް (ޞޢވ) ފޮނުއްވެވި ކަމާއި އިތުރު ޞާޙިބާ މެދުވެރިކުރައްވަވައި ކީރިތި ޤުރްއާން އުނގަންނަވައި ދެއްވަވައި މީސްތަކުން އުޅެންވީ ގޮތް ﷲ ތަޢާލާ އަންގަވާފައިވާކަން ހަނދާން ވެސް ނެތް ފަދައެވެ.   

މީސްތަކުންނޭވެ! ނިޢްމަތެއް ލިބުމުން އެއީ ލިބުނު އުފަލެއް ކަމުގައި ނުދެކޭށެވެ! އުފަލެއް ކަމުގައި ދެކެވޭ މީހުންނަށް އެކަން ވާނީ ލިބިގެންދާ ވަރަށް ބޮޑު ގެއްލުމަކަށެވެ! ހަމައެފަދައިން ނިޢްމަތެއް ލިބުމުން އެއީ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމުގައި ދެކޭ މީހުންނަށް މެނުވީ އެ ނީޢްމަތަކުން އެއްވެސް އުފަލެއް ނެތެވެ. އެއްވެސް ފައިދާއެއް ނުކުރާނެއެވެ! 

ވީމާ ސަލާމަތް ޞިއްހަތެއް ދެއްވެވުމުން ވެސް އެ ނިޢްމަތުގެ ބޭނުން ވިސްނުންތެރިކަމާއިއެކުގައި ހިފާށެވެ! އެ ނިޢްމަތް ކޮންމެ ވަގުތަކު ވެސް ގެންދަވައިފާނެ ކަމަށް ބަލައި ދެއްވެވި ފުރުޞަތުގައި ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރާށެވެ! ނިޢްމަތް ތިމާ އާއިއެކު ދެމިއޮތުމުގެ އެންމެ ބޮޑު ބާރަކީ އެއީ އެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވުން ގިނަކުރުމެވެ!

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން