އުފާވެރިކަން ބޭނުން ނަމަ ﷲ ގެ ރަޙްމަތުގެ ތެރެއަށް ވަންނަން ގަދައަޅައި މަސައްކަތްކުރުން ނޫން ގޮތެއް ނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އުފާވެރިކަން ބޭނުން ނަމަ ﷲ ގެ ރަޙްމަތުގެ ތެރެއަށް ވަންނަން ގަދައަޅައި މަސައްކަތްކުރުން ނޫން ގޮތެއް ނެތެވެ!: މުފްތީ މެންކް

ދުނިޔެއިން ލިބިދާނެ އުފާވެރިކަމަށް ބަލައިފިނަމަ ތިބާއަށް އުފާވެރިކަން ލިބޭނީ ކޮން ކަމެއް ޙާޞިލުކުރެވިގެން ކަމާއިމެދު ސުވާލުކޮށްފިނަމަ އެމީހަކު އެންމެ ބޭނުންވެގެން ހުރި ކަމެއްގެ ވާހަކަ ވަރަށް ފަސޭހައިން ބުނާނެއެވެ! 

މިސާލަކަށް މިވެނި ފޯނެއް، މިވެނި ކާރެއް މިވެނި ކަމެއް ކިޔަމުން ގޮސް މިވެނި މަތިންދާބޯޓަކާއި ހަމައަށްވެސް އެމީހަކު ބޭނުންވާ ކަންކަމުގެ ވާހަކަ ބުނެފާނެއެވެ! ނަމަވެސް އެއިން އެއްވެސް ޖަވާބަކީ ޙަޤީޤަތެއް ނޫނެވެ. މާދަމާ އައު މޮޑެލެއް ނުކުންނާނެއެވެ! ނުކުންނަ އިރަށް އެ މޮޑެލްގެ ތަކެތި ބޭނުންވާނެއެވެ! ވީމާ އެއްވެސް އިންސާނަކަށް ދުނިޔެއިން އެދޭ ހުރިހާ ކަންކަން ލިބި ފުރިހަމަވާ ދުވަހެއް ދުވަހަކުވެސް ނާންނާނެއެވެ. 

ނަމަވެސް އިންސާނުންނަށް އުފާވެރިކަން ލިބޭނެ އެއްކަމެއް އެބައޮތެވެ! 

"ފަހެ، އީމާންވެ އަދި ޞާލިޙް ޢަމަލުތައް ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އެކަލާނގެ ރަހްމަތުގެ ތެރެއަށް އެއުރެން ވައްދަވާނެތެވެ. ބަޔާންވެގެންވާ ނަޞީބު ލިބުމަކީ ހަމައެއީއެވެ." (އަލްޖާޘިޔާ: 30) 

ވީމާ އިންސާނާގެ ހިތް ފުރޭނީވެސް އުފަލުގައި ދިރިއުޅެވޭނެ ހަމައެކަނި މީހުންނަކީ ﷲ ތަޢާލާއަށް އީމާންވެ ހެޔޮ ޢަމަލުތައް މީހުންނެވެ. އެހެނީ އެމީހުން އެވަނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުގެ ތެރޭގައެވެ. އެމީހުންނަކީ ނަޞީބުވެރިން ކަމުގައި ﷲ ތައާލާ އެވަނީ ކަނޑައަޅުއްވަވައިފައެވެ. ވީމާ އުފާވެރިކަމާއި ނަބީބު ލިބިގަތުމަށްޓަކައި ވީހައި ބޮޑަށް ﷲ ތައާލާ އާއި ކުއްތަންވުމަށް އަބަދުވެސް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން