"ދީނީ ގޮތުން ހޭލުންތެރިކަންވެސް ހުރި ބައެއް ފިރިހެނުން ބޭނުންވަނީ ދެމަފިރިން އެކުގައި މަގުމަތީގައި ހިނގާއިރު އެމީހުންނަށްވުރެ 2 މީޓަރު ފަހަތުގައި ބަހައްޓާށެވެ. އެފަދަ މީހަކު އަހަރެންގެ ރައްޓެހިންގެ ތެރޭގައި ވެސް ހުރިކަން އަނބިމީހާގެ ފަރާތުން އެނގުމުން އަހަރެން އޭނާއަށް ނަޞޭޙަތްތެރިވީމެވެ.
އެއްބައަކު މަގުމަތީގައި ހިނގަނީ ޙަރާމް އަންހެނުންނާއި އެއްހަމައިގައެވެ. ވީއިރު އަހަރެމެން މުސްލިމުން، ޙަލާލު އަނބިމީހާ އާއި އެއް ހަމައިގައި ނުހިނގަންވީ ކީއްވެގެން ހެއްޔެވެ؟"
- މުފްތީ މެންކް
މުފްތީ މެންކް މިރޭ އައްޑޫ ސިޓީގައި ދެއްވި ދަރުސްގައި ވަނީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި އެއްވެސް މީހަކީ ދެރަ ނިކަމެތި ނުވަތަ ނުބައި މީހެއް ކަމަށް ނުބެލުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އިލްތިމާސްކުރައްވައިފައެވެ."
މުފްތީ މެންކް ފާހަގަ ކުރައްވާފައިވާ އަންހެނުންނާއި ފިރިހެނުން އެއްހަމައިގައި ހިނގުމުގެ މައްސަލައަކީ މީގެ 40،50 އަހަރު ކުރީގައި ރާއްޖޭގައި ވެސް އޮތް ޘަޤާފަތެކެވެ. ނަމަވެސް އެ ޘަޤާފަތް މިހާރު ވަނީ މާޒީވެ ގޮސްފައެވެ. މިހާރު ގިނައިން ފެންނަނީ ދެމަފިރިންނަށް އެއްވަރަށް ކުރިއަށް ދެވޭނެ ޖާގަ މަގުން ނުލިބޭ ނަމަ އަނބިމީހާ ކުރީގައި ހުރެގެން ހިނގާތަނެވެ. ޚާއްޞަކޮށް ދަރިން ގޮވައިގެންދާއިރު މިކަން ފާހަގަކުރެވެއެވެ.
ކުރީގައި ކޮންމެ މީހަކު ހުރުމަކީވެސް އެއްވެސް މައްސަލައެއް ނޫންއިރު މަގުތައް މިހައި "އަމާން"އިރު އަނބިމިހާއަށް ރައްކައުތެރިކަން ބޮޑުވާނީވެސް ފިރިމީހާ ފަހަތުގައި ހުރުމުންނެވެ. ކުރީގައި ފިރިމީހާ ހުންނައިރު އަނބިމީހާ ނުފެންނާނެތީއެވެ.