މުފްތީ މެންކުގެ އަމިއްލަފުޅު ޙަޔާތުން އެންމެންނަށް ޢިބްރަތްތެރި ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މުފްތީ މެންކުގެ އަމިއްލަފުޅު ޙަޔާތުން އެންމެންނަށް ޢިބްރަތްތެރި ބައެއް ކަންކަން!

"އަހަރެންވެސް ކައިވެންޏެއް ކުރަން އުޅުނީމެވެ. އޭނާގެ ބައްޕަ ބުނީ ކަލޭ ނަރަކައަށް ދާށެވެ! (މާނައަކީ ތިއަ ކަމެއް ކަލެއަކަށް ނުކުރެވޭނެއެވެ.) ނަމަވެސް އެއިގެ ބަދަލުގައި އަހަރެންނަށް އާދެވިފައި މިވަނީ "ސުވަރުގެ"އަށެވެ. (މާނައަކީ ﷲ މެދުވެރިކުރެއްވެވީ މާރަނގަލު ގޮތް ކަމެވެ.)" 

މީސްތަކުން ކުރަން އުޅޭ ކަންކަން ނުކުރެވޭނެ ގޮތަށް ﷲ ތަޢާލާ މީސްތަކުންނަށް ބަންދުކުރައްވަވައެވެ. އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ. އެއިގެ ބަދަލުގައި މާރަނގަޅު ގޮތްތައް ﷲ ތަޢާލާ މެދުވެރިކުރައްވަވައި ދެއްވަވާނެތެވެ. 

ތެދަށް ބުނާނަމަ 20 ވަރަކަށް ފަހަރު އަހަރެން ކުރިއަށް ދާން މަސައްކަތްކުރި މަގު ﷲ ތަޢާލާ ބަންދުކުރެއްވެވިއެވެ. ނަމަވެސް އަހަރެން މިއީ އަހަރެންނަށް ވެވިފައި މިހިރީ އެކަންކަން އެގޮތަށް މެދުވެރިކުރެއްވެވީތީއެވެ. އަަހރެންނަށް މިއަދު އާދެވިފައިމިވާ ހިސާބަށް އާދެވޭނެކަން އަހަރެން ހުވަފެނުން ވެސް ނުދެކެވެ. 

 އަހަރެންނަށް ތާއީދުކޮށް އަހަރެން ބަލަގަންނަ އަހަރެން "ފޮލޯ" ކުރާ ބައަކު ތިބޭނެކަމަސް އަހަރެން ދުވަހަކުވެސް އުންމީދެއް ވެސް ނުކުރަމެވެ. ނަމަވެސް އަހަރެންނަކީ އަހަރެންގެ ގޮތުގައި ކުރިއަށް ދާން މަސައްކަތްކުރި މީހަކީމެވެ. އެހެްނ މީހުން ކުރާ ކަންކަން ބެލި މީހެއް ނޫނެވެ. ނަމަވެސް ޙާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ﷲ ތަޢާލާ ބަދަލުކުރައްވަވައި ދެއްވެވުމުންނެވެ. 

އެމީހަކު ކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރަން މަސައްކަތްކުރާށެވެ! މަސައްކަތް ކުރުމުން ވެސް ކާމިޔާބު ނުވެއްޖެ ނަމަ ދެރަ ނުވާށެވެ! ކަންބޮޑުވެސް ނުވާށެވެ! އެކަން އެގޮތަށް މެދުވެރިކުރެއްވެވީ އެއަށްވުރެ މާރަނގަޅު ގޮތްތަކެއް މެދުވެރިކުރެއްވެވުމަށްކަން އަބަދުވެސް ޔަޤީންކުރާށެވެ! ކުރިއަށް ދާނެ އެހެން މަގެއް އިޚްތިޔާރުކުރާށެވެ!

 

--މުފްތީ މެންކުގެ ބަސްދީގަތުމަކުން

މިއަދު އޮންލައިން