ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށް ހިތާއި ނަފުސް ޤުރްބާންކޮށް ޖިހާދުކުރާ މީހަކަށްވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށް ހިތާއި ނަފުސް ޤުރްބާންކޮށް ޖިހާދުކުރާ މީހަކަށްވާށެވެ!: މުފްތީ މެންކް

މާޒީއަކު މިއަދުގެ މޫނުބަލާ ލޯގަނޑުކަމަށް ހަދާށެވެ! މާޒީގައި ކުރެވުނު އެއްވެސް ކުށެއް އިތުރަށް ތަކުރާރު ނުކުރާށެވެ! ދެރައީ ކުށެއް ކުރެވިފައި އޮތުމެއް ނޫނެވެ. ދެރައީ ކުށް ތަކުރާރުކުރެވޭނަމައެވެ.

ހެނދުނު ހޭލެވުމަށްފަހު ޢަޒުމް ކަނޑައަޅަންވީ އައު މަންޒަރެއް ކުރެހުމަށެވެ. އެމަންޒަރުގައި އިއްޔެ އާއި ހަމައަށް ކުރެވުނު އެއްވެސް ކުށެއް ނުހިމަނައި ސާފު އައު މަންޒަރަކަށް ހެދުމަށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް މިއަދުގެ މަންޒަރުގައި ނުހިމެނުމަށެވެ. ހިތާއި ނަފުސް ޤުރްބާންކޮށް ޖިހާދުކުރަންވީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމަށެވެ!  

އެ ނިޔަތުގައި މަސައްކަތް ކުރާ މީހާއަށް އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ! އިންޝާ ﷲ. ވީމާ އަހަރެމެންނަށް އޮތީ ގަދަ އަޅައި މަސައްކަތްކުރުމެވެ.   

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން