ކެތްތެރިކަން އިސްކުރާ މީހުންގެ ދުޢާ އިޖާބަ ކުރެއްވެވުން އަވަސްވާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކެތްތެރިކަން އިސްކުރާ މީހުންގެ ދުޢާ އިޖާބަ ކުރެއްވެވުން އަވަސްވާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

ޒަމާން ފަސްވެ މީހުންގެ ބޭނުންތައް ފުދެން މިހާރު ބޭނުންވަނީ އިންޓަރނެޓް ސްޕީޑްގައެވެ. 10ޖީ ސްޕީޑްގައެވެ. އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެކެވެ. އެއިގެ ތެރޭގައި ﷲ ތަޢާލާއަށް ކުރާ ދުޢާ އިޖާބަކޮށްދެއްވެވުން ވެސް އެބަ ހިމަނައެވެ. 

މީސްތަކުންނޭވެ! ހިތް ކިތަންމެ ބާރަށްވެސް ކުރިއަށް ގެންދެވިދާނެއެވެ. ކޮންކޯޑަށްވުރެވެސް ބާރަށް އުދުހެވޭނެ ފްލައިޓްތަކަށް މިހާރު މިވަނީ ބޭނުންވެފައެވެ! ހިތަށް އަރާއިރަށް ހުރިހާ ކަންކަން ޙާޞިލުވާން މިއަދު އެބަ ބޭނުންވެފައެވެ. 

އަބަދުވެސް ބުނާ ފަދައިން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެއީ މިދުނިޔެއިން ޙާޞިލުކުރެވެން އޮތް ނިޢްމަތެއް ނޫނެވެ! އެކަން ޙާޞިލުވާނީ ހަމައެކަނި އެކަނި ސުވަރުގޭގައެވެ. ސުވަރުގޭގެ އަހުލުވެރިއަކު ކަމަކަށް ބޭނުންވެގެން ހިތަށް އަރުވައިލާއިރަށް އެކަމެއް އޮންނާނީ ފުދިފައެވެ. އެއްވެސް އިންތިޒާރެއް ކުރާކަށް ނުޖެހޭނެއެވެ. ވީމާ އެނިޢްމަތް ބޭނުން ނަމަ ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަކުރާށެވެ! 

ތިމާ އެދޭ ކަންކަން ޙާޞިލުކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! ގިނަގިނައިން ދުޢާކުރާށެވެ! އެކަމަށް ކެތްތެރިވުމާއި އިންތިޒާރުކުރުމަކީ އުފަލެއް ކަމުގައި ދެކޭށެވެ! މުސްލިމުންގެ ގޮތަކީ އެއީއެވެ! ކެތްތެރިކަން އިސްކުރާށެވެ! ކެތްތެރިކަން އިސްކުރާމީހުންގެ ދުޢާ އިޖާބަ ކުރެއްވެވުން އަވަސްވާނެތެވެ! އިން ޝާ ﷲ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން