އާ އަހަރަށް މުފްތީ މެންކް ދެއްވި ޢިބްރަތްތެރި މެސެޖް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އާ އަހަރަށް މުފްތީ މެންކް ދެއްވި ޢިބްރަތްތެރި މެސެޖް!

ބައެއް ފަހަރު ހިތަށް އަރާނެއެވެ. އެންމެންވެސް އެކަން ކުރަނީއެވެ. އަހަރެން ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ އެއީ ނުބައި ކަމެއް ނަމަ އެހައި ގިނަ ބައަކު އެކަމެއް ނުކުރާނެ ނޫން ހެއްޔެވެ؟" 

ޤަބޫލުކުރާށެވެ! މިއީ ހަމަ ސީދާ ޝައިޠާނާގެ ކިބައިން އަންނަ ވަސްވާސްތަކެވެ. ކިތަންމެ ގިނަ ބައަކު ނުބައި ކަމެއް ކުރި ނަމަވެސް އެކަމަކީ ރަނގަޅު ކަމަކަށް ނުހެދޭނެއެވެ. އަދި ހަމަ އެކަކު ރަނގަޅު ކަމެއް ނުކުރި ނަމަވެސް އެކަމަކީ ނުބައި ކަމަކަށް ނުހެދޭނެއެވެ! 

ވީމާ ބުއްދީގެ ބޭނުން ކުރާށެވެ! އިސްލާމް ދީނުގައި ނަހީވެގެންވާ ކަމެއް ކިތަންމެ ގިނަ ބައަކު ކުރި ނަމަވެސް އެކަމެއް ތިމާ ނުކުރާށެވެ! އަދި އެފަދަ ކަމެއްގައި ބައިވެރިވެސް ނުވާށެވެ! އެއިރުން ތިމާއަށް ހުރެވޭނީ ރަނގަޅު ގޮތުގައެވެ. ތިމާއަށް އެއިރުން ކަންކަން އެކުރެވުނީ ﷲ ތަޢާލާ އެނގެވި ގޮތުގައެވެ. 

ﷲ ތަޢާލާ އަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން، ގިނަ ބައަކު ކުރާ ނުބައި ކަންކަމުގައި މީހަކު ބައިވެރިނުވެ ދުރުގައި ހުރިނަމަ އެކަން ހިމެނިގެންދާނީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރުމަށް ކުރެވޭ ޖިހާދެއް ފަދަ ކަމަކަށެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ. 

މިއީ މުފްތީ މެންކް މިއަދު ދެއްވާފައިވާ ވަރަށް ޚާއްޞަ އަދި ޢިބްރަތްތެރި މެސެޖެކެވެ. 

މާދަމާއަކީ ވަރަށް ގިނަ ބައަކު ފާހަގަކުރާ މީލާދީ އައު އަހަރެވެ. މުފްތީ މެންކުގެ މެސެޖުގައި ސީދާ އެކަން ބަޔާން ކުރައްވާފައި ނުވި ނަމަވެސް ބެލެވެނީ މިއީ މީލާދީ އައު އަހަރު ފާހަގަކުރަން ބާއްވާ އިޙްތިފާލްތަކުގައި ބައިވެރި ނުވުމަށް ކުރެއްވެވި އިލްތިމާސެއް ކަމަށެވެ.

މިއަދު އޮންލައިން