ހުއްދަކަން ޔަޤީން ނުވާ ކަންކަމާ ކައިރިވުމުން އެވެށްޓެނީ ޙަރާމް ކަމެއްގެ ތެރެއަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހުއްދަކަން ޔަޤީން ނުވާ ކަންކަމާ ކައިރިވުމުން އެވެށްޓެނީ ޙަރާމް ކަމެއްގެ ތެރެއަށް!: މުފްތީ މެންކް

ޙަދީޘްފުޅުގައި އޮތީ އެމީހަކަށް އެކަމަކާއިމެދު ޝައްކުކުރެވޭ ކަންކަމާއި ދުރުހެލިވެއްޖެ މީހާ ޙަރާމް ކަންކަމުން ސަލާމަތް ވެއްޖެ ކަމަށާއި އަދި ޝައްކު ކުރެވޭ ކަމެއް ކޮށްފިނަމަ އެމީހަކު އެ ވެއްޓިގަންނަނީ ޙަރާމް ކަމުގެ ތެރެއަށް ކަމަށެވެ.

މިސާލެއް ބުނެފާނަމެވެ. ތިބާ ކާން އުޅޭ އެއްޗެއް ކައިފި ނަމަ ވިހަވެ މަރުވާނެ ކަމަސް 20 މީހުން އެބަ ބުނެއެވެ. އަނެއް 20 މީހުން ބުނަނީ އެ އެއްޗެއް ކެއުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ވިވަ ނުވާނެ ކަމަށެވެ. ނިކަން ބުނެބަލާށެވެ! ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ ރިސްކް ނަގައި ކާނީ ހެއްޔެވެ؟ ނޫނީ ނުކައި ދޫކޮށްލާނީ ހެއްޔެވެ؟ އެފަދަ ރިސްކެއް ހަމަ އެކަކުވެސް ނަގަން ބޭނުންވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

މިބަޔާންކުރި ޙަދީޘްފުޅުގެ މިސާލަކީ އެއީއެވެ. ޔަޤީން ކަމަކީ ރިސްކް ނުނަގައި ނުކައި ދޫކޮށްލައިފިނަމަ އެކަމުން ސަލާމަތްވެ ފުރާނަ ސަލާމަތްކުރެވުނީ ކަމެވެ. ކައިފިނަމަ އެއީ ފުރާނައާއިމެދު ނެގޭ ރިސްކެއް ކަމެވެ.

ބައެއް ކަންކަމުގައި ހަރާމް ޙަލާލް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ނަމަވެސް އަނެއްބައި ކަންކަމުގައި ތަފާތު ޚިލާފްތައް އެބަހުއްޓެވެ. ވީމާ އަހަރެމެންނަށް އޮތީ ޚިލާފް އުފެދޭ އެންމެހައި ކަންކަމާއި ދުރުހެލިވުމެވެ. ޔަޤީން ނުކުރެވޭ ކަންކަމާއި އެއްވެސް ވަރަކަށް ކައިރިވެސް ނުވުމެވެ! ސަލާމަތްކަން އޮތީ އެގޮތުގައެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން