ދުނިޔަވީ ކަމެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ސަލާމަތް ވެވޭނެ! އާޚިރަތް ނުހޯދިއްޖެ ނަމަ ސަލާމަތެއް ނުވެވޭނެ! ދޫނުދީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދުނިޔަވީ ކަމެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ސަލާމަތް ވެވޭނެ! އާޚިރަތް ނުހޯދިއްޖެ ނަމަ ސަލާމަތެއް ނުވެވޭނެ! ދޫނުދީ!: މުފްތީ މެންކް

ދުނިޔަވީ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިގެން ނުވަތަ ދުނިޔެއިން ކުރަން ބޭނުންވާ ކަމެއް ނުކުރެވިގެން ކަންބޮޑުވުމެއް ނެތެވެ! ކަންބޮޑުވުން އޮތީ އާޚިރަތް ކާމިޔާބު ނުކުރެވިއްޖެ ނަމައެވެ.  

މީސްތަކުންނޭވެ! ދުނިޔަވީ ކަންކަމުގައި އަބަދުވެސް ފޭލްވާނެއެވެ! ކުރަން ބޭނުންވާ ހުރިހާ  ކަމެއް ހަމަ އެކަކަށް ވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. އެއީ މިއީ ދުނިޔެ ކަމަސްވީތީއެވެ. އަހަރެމެންނަކީ އިންސާނުން ކަމުގައިވީތީއެވެ. ވީމާ ދުނިޔަވީ ކަންކަމުގައި ފޭލްވުމަކީ ހިތާމަކުރަން ޖެހޭ އަދި ބިރުގަންނަން ޖެހޭ ވެސް ކަމެއް ނޫނެވެ.  

ދުނިޔަވީ ކަމެއްގައި ފޭލްވެއްޖެނަމަ އެނގެންވީ އިތުރަށް ދަސްކޮށް އަދި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމެވެ. ފޭލްވުމަކީ ތިބާގެ ސިފަ އަނގައިދޭ ކަމެއް ނޫނެވެ. ޙަޤީޤަތަކީ އެކަމުގެ ސަބަބުން ފިލާވަޅުތަކެއް ލިބިގެންދާ ކަމެވެ.  

ކަންބޮޑުވުން އޮތީ، އަދި ހިތާމަކުރަން ޖެހޭނީ އާޚިރަތް ހޯދަން ކުރާ މަސައްކަތުގައި ފޭލްވެއްޖެ ނަމައެވެ. އާޚިރަތް ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެވެ. ވީމާ ދުނިޔެއިން ކަންކަން ޙާޞިލުކުރަން ކުރާ މަސައްކަތުގައި ފޭލްވި ނަމަވެސް މާޔޫސްވެ އާޚިރަތް ހޯދަން ކުރާ މަސައްކަތުގައި ދޫނުދޭށެވެ! އެ މަސައްކަތް އިތުރުކޮށް ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

ދުނިޔަވީ ކަންކަމުގައި ފޭލްވި ނަމަވެސް ސަލާމަތުން ހުރެވޭނެއެވެ. ނަމަވެސް އާޚިރަތް ޙާޞިލުކުރުމުގައި ފޭލްވެއްޖެ ނަމަ ސަލާމަތެއް ނުވެވޭނެއެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަން ޖެހޭނީ އާޚިރަތް ހޯދުމަށެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން