ދަތި އުނދަގޫ ހާލަތުގައި މިފަދައިން ދުޢާކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދަތި އުނދަގޫ ހާލަތުގައި މިފަދައިން ދުޢާކުރާށެވެ!: މުފްތީ މެންކް

ދުނިޔެއަކީ އަރާމު ތަންމައްޗެއް ނޫނެވެ. ދަތި އުނދަގޫ ދުވަސްތައް ކުރިމަތިވާނެއެވެ. ހިތްހަމަ ނުޖެހޭ އެތައް ކަންތައް ތަކެއް ކުރިމަތިވާނެއެވެ. ޤަޟާޤަދަރަށް އީމާންވާން ޖެހެނީ މިކަންކަން މިގޮތަށް ކުރިމަތިވާނެތީއެވެ! 

ހަމަޖެހިލައިގެން އިނދެ ﷲ އަށް ދުޢާކޮށް ދަންނަވާށެވެ! "މިއީ އިނބަ ރަސްކަލާނގެ މިންވަރުފުޅު ކުރެއްވެވި ޙާލަތެވެ! ކެތްތެރިވާން މިއަޅާ މަސައްކަތްކުރާނަމެވެ. އެކަމަށް މިއަޅާއަށް ހިތްވަރުދެއްވަވައި އިނބަ ﷲ ގެ ޙިކްމަތްތެރިވަންތަކަމާއި މަގު ދެއްކެވުމުގެ ތެރެއިން މިއަޅާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ތެދުމަގު ދައްކަވާނދޭވެ!" 

އެމީހަކަށް ކުރިމަތިވެފައިވާ މުޞީބާތުން ސަލާމަތްކުރައްވަވައި ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ. 

ފުރަތަމަ އޮތީ ކެތްތެރިވާން މަސައްކަތްކުރުމެވެ. އެކަމަށް މަސައްކަތްކުރުމާއިއެކު ދެން އޮތީ ދުޢާ ކުރުމެވެ. 

ބަނޑުހައި ހޫނުކަން މެދުވެރިވެގެންވެސް މީސްތަކުންގެ އެހީތެރިކަމަށް އެދޭ މީހާއަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ނަމަވެސް އެހާލަތުން ސަލާމަތްވާން މަސައްކަތް ކުރުމާއިއެކު ﷲ ތައާލާގެ ޙަޟްރަތުގައި ދުޢާ ކުރާ މީހާއަށް ދާނީ އެކަމުގެ ހިތްހަމަޖެހުން ލިބެމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން