ތިމާގެ ހުރި އުނިކަންކަންކަމާމެދު ބައިވެރިޔާ އާ ސުވާލުކުރާ ނަމަ މައްސަލަތައް ޙައްލުވެ ލިބޭ އުފާވެރިކަން އިންތިހާއަށް ބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތިމާގެ ހުރި އުނިކަންކަންކަމާމެދު ބައިވެރިޔާ އާ ސުވާލުކުރާ ނަމަ މައްސަލަތައް ޙައްލުވެ ލިބޭ އުފާވެރިކަން އިންތިހާއަށް ބޮޑުވާނެ!: މުފްތީ މެންކް

އެންމެ ފުރިހަމައަށް އެއްވެސް ކަމެއް ކުރެވުނު ކަމަށް ޔަޤީން ނުކުރާށެވެ. އަހަރެމެން ކޮންމެ މީހަކީވެސް އިންސާނެކެވެ. ފުރިހަމަ ނުކުރެވޭ ވަރަށް ބައިވަރު ކަންތައްތައް ވެސް ހުންނާނެއެވެ. ވީމާ ތިބާ ކުރާ ކަންކަމުގައި އުނި ސިފަތައް ހުންނާނެ ކަމަށް އަބަދުވެސް ޤަބޫލު ކުރަންވާނެއެވެ. 

ޢާއިލީ ކަންކަމުގައިވެސް މައްސަލަތައް ބޮޑުވެގެންދަނީ މިކަންކަން ޤަބޫލުނުކުރެވޭތީއެވެ. އެމީހަކަށް ކަންކަން ކުރެވެނީ ހަމަ އެންމެ ފުރިހަމައަށް ކަމުގައި ޔަޤީންކުރެވޭތީއެވެ. ވީމާ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަވެސް ބަލަންވީ ތިމާގެ ކިބައިގައި ހުރި އުނި ސިފައަކީ ކޮބައިތޯއެވެ؟ އަމިއްލައަށް ފާހަގަ ނުކުރެވިއްޖެ ނަމަ ބައިވެރިޔާ އާއި ސުވާލުކުރާށެވެ! އޭނާ ދޭ ޖަވާބު ވެސް އަޑުއަހައި ބަލައިގަންނާށެވެ! 

މާފަށް އެދެން ޖެހޭ ހާލަތުގައި ފަސް ނުޖެހި މާފަށް އެދޭށެވެ. އެއްވެސް ޙާލެއްގައި މާފަށް އެދުމަކީ ބަލިވުމެއް ނޫނެވެ. ނިކަމެތިކަމެއް ވެސް ނޫނެވެ. މާފަށް އެދުމަކީ ހިތްވަރުގަދަކަމާއި އިޞްލާޙަށް ބޭނުންވާކަން އަނގައިދޭ އެންމެ ބޮޑު ދަލީލެވެ. އޮތީ ކުށް ތަކުރާރު ނުކުރުމެވެ. އެއިރުން މައްސަލަތައް ޙައްލުވެ ލިބޭ އުފާވެރިކަން އިޙްޞާޞްވެސް ނުކުރެވޭނެއެވެ. 

- -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން