ތިމާ އެންމެ ބޭނުންވާ އެއްޗެއް ﷲ ގެންދެވި ނަމަވެސް ކަންބޮޑުވުމެއް ނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ތިމާ އެންމެ ބޭނުންވާ އެއްޗެއް ﷲ ގެންދެވި ނަމަވެސް ކަންބޮޑުވުމެއް ނެތެވެ!: މުފްތީ މެންކް

ﷲ ތައާލާ އެއްޗެއް ގެންދެވުމަށްފަހު ހަމަ އެއެއްޗެއްވެސް އަނބުރައި ރައްދުކުރައްވަވަތެވެ. 

ޔޫސުފްގެފާނު ގެންދެވުމަށްފަހު ބައްޕާފުޅަށް ރައްދުކުރެއްވެވީ ޔޫސުފްގެފާނެވެ. 

އަނެއްބައި ފަހަރު އެއަށްވުރެ މާ ފުރިހަމަ، މާލޮބުވެތިކަން ބޮޑު، މާރަނގަޅު އެއްޗެއްވެސް ރައްދު ކުރައްވަވަތެވެ. 

އުންމު ސަލަމާގެ ފިރިކަލުން ގެންދެވުމަށްފަހު ފިރިކަލެއްގެ ގޮތުގައި ރަސޫލް (ޞޢވ) ނުދެއްވަވާހެއްޔެވެ؟ 

ވީމާ ތިމާ އެންމެ ބޭނުންވާ އެއްޗެއް ﷲ ތަޢާލާ ގެންދެވި ނަމަވެސް، އަދި ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއް އަނބުރާ ގެންދެވި ނަމަވެސް ކަންބޮޑުވުމެއް ނެތެވެ! އެކަން އެކުރެއްވެވީ ތިބާއަށް އެގޮތް ފައިދާ ބޮޑުވީމައެވެ. 

- މުފްތީ މެންކް 

މިއަދު އޮންލައިން