ސަޖިދައިގަ ދުޢާކުރުން މޮޅު އިތުރުވެގެންވަނީ ޢަރަބިބަހުން ނަމަވެސް ޢަރަބި ބަހުން ދުޢާކުރަން ނުއެނގޭ ނަމަ އެމީހަކަށް އެނގޭ ބަހަކުން ދުޢާކުރުމަކީ މައްސަލައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސަޖިދައިގަ ދުޢާކުރުން މޮޅު އިތުރުވެގެންވަނީ ޢަރަބިބަހުން ނަމަވެސް ޢަރަބި ބަހުން ދުޢާކުރަން ނުއެނގޭ ނަމަ އެމީހަކަށް އެނގޭ ބަހަކުން ދުޢާކުރުމަކީ މައްސަލައެއް ނޫން!

ސަޖިދައިގައި އޮވެވޭ ވަޤުތަކީ ނަމާދުގައި ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތުކަމަށްވުމުން އެތައް ބައިވަރު ކަންކަމަށް އެދިގެން ދުޢާކުރަން ބޭނުންވެއެވެ. އެހެންކަމުން ބައެއް ކަންކަމަށް އެދިގެން ކުރާނެ ޚާއްޞަ ދުޢާއެއް ޤުރްއާނާ ސުންނަތުން ހޯދަން ގިނަ ބައަކު މަސައްކަތްކުރެއެވެ. މަސައްކަތްކުރިނަމަވެސް އެފަދަ ދުޢާއެއް ނުފެނިވެސް ހިނގައިދާނެއެވެ.  

ދެން އުފެދޭ ސުވާލަކީ އެދުޢާ އެމީހަކަށް ފަސޭހަ ބަހަކުން ކުރެވިދާނެ ހެއްޔެވެ؟ ސުވާލުގެ ޖަވާބަކީ: 

"ސަޖިދައިގައި ދުޢާކުރުން މޮޅު އިތުރުވެގެންވަނީ ޢަރަބިބަހުންނެވެ. ނަމަވެސް ޢަރަބި ބަހުން ދުޢާކުރަން ނުއެނގޭ ނަމަ އެމީހަކަށް އެނގޭ ބަހަކުން ﷲ ތަޢާލާއަށް ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. ﷲ ގެ އަޅާ ﷲ އަށް ދުޢާކުރަން އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ!"

ޖަވާބުދެއްވީ: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު  

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެމީހަކު ދުޢާކުރަން ބެހޭ ކަމަކާއި ބެހޭގޮތުން ކުރަން ކީރިތި ޤުރްއާނުގައި ނުވަތަ ޙަދީޘްފުޅުގައި ދުޢާއެއް އޮތްތޯ ބަލައި ދުޢާ ހޯދައިގެން ނަމަވެސް ޢަރަބި ބަހުން ދުޢާކުރަން މަސައްކަތްކުރަންވާނެ ކަމަށެވެ.  

އެފަދަ ގޮތަކުން ދުޢާ ނުލިބުމުން ނަމަވެސް އަދި ދުޢާކުރަން އެމީހަކު ބޭނުންވާ ކަމަކަށް އެދި ކުރާނެ ދުޢާއެއް ކީރިތި ޤުރްއާނުގައި ނުވަތަ ޙަދީޘްފުޅުގައި ނެތް ނަމަވެސް އެމީހާ ވާހަކަ ދައްކާ ބަހުން ދުޢާ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޢަރަބިބަހުން ދުޢާކުރުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫނެވެ!

 

- މިއަދުނޫސް

މިއަދު އޮންލައިން