ތިބާގެ މައްޗަށް ނުފޫޒު ހިންގުވައި ތިބާގެ އަސްލު ސޫރަ ނޫން ސޫރަ ދައްކުވަން މަސައްކަތްކުރާ ބައަކު އަބަދުވެސް އުޅޭނެއެވެ. އެފަދަ މީހުން އަބަދުވެސް ބޭނުންވާނީ ތިބާ ޢާންމުކޮށް ނުބުނާ ޒާތުގެ ބަސްތައް ތިބާގެ ދުލުން ބުނުވައި އަދި ތިބާ ޢާންމުކޮށް ނުކުރާ ޒާތުގެ އަމަލުތައް ތިބާ ލައްވައި ކުރުވާށެވެ!
ތިބާ އަކީވެސް އެމީހުން ފަދަ މީހެއްގެ ގޮތުގައި ދުނިޔެއަށް ދައްކާށެވެ! ތިބާއަކީ ވެސް އެމީހުން ފަދަ ނުބައި މީހެއްކަން ނުވަތަ ތިބާއަކީ ވެސް އެމީހުން ބުނާ ޒާތުގެ ނުބައި ބަސްތައް ބުނެ އެމީހުން ކުރާ ފަދަ ނުބައި އަމަލުތައް ކުރާ މީހެއް ކަމުގައި ދެއްކުމަށެވެ.
ކޮންމެ މީހެއްގެ ކިބައިގައިވެސް ރަނގަޅު ސިފަތަކާއި ނުބައި ސިފަތައް ހުންނާނެއެވެ. ނަމަވެސް ހެޔޮ ލަފާ މީހުންނަކީ އެމީހުންގެ ކިބައި ހުންނަ ރަނގަޅު ސިފަތައް ނޫނީ މީހުންނަށް ނުދައްކާ މީހުންނެވެ. އެހެނީ ބުނެވޭ އެންމެ ނުބައި ބަހަކުން ވެސް އަދި ކުރެވޭ އެންމެ ނުބައި އަމަލަކުން ވެސް ތިބާގެ ކިބައިގައި ހުރި ހުރިހާ ރަނގަޅުކަން ގެއްލިގެން ހިނގައިދާނެތީއެވެ.
ވީމާ ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވީ އެމީހާ ބޭނުންވާފަދައިން ރަނގަޅު ސިފަތަކުގައި ސާބިތުވެ ދެމިހުރުމަށެވެ. އެކަން ކުރެވޭނީ އެހެން މީހުން ތިބާގެ މައްޗަށް ފޯރުވަން މަސައްކަތްކުރާ ނުބައި ނުފޫޒުތަކުން ސަލާމަތްވެ ހުރެވިގެންނެވެ. ވީމާ މިކަމަށް ހުރިހާ މުސްލިމުން ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އިސްލާމް ދީން މަތިވެރިކޮށް، އިސްލާމް ދީނަށް ނަޞްރު ދެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ މުސްލިމުންގެ އަޚްލާޤެވެ. ބުނާ ރިވެތި ބަސްތަކާއި ފޯރުކޮށްދޭ ރިވެތި އަޚްލާޤުންނެވެ.
--މުފްތީ މެންކް