ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތްދީ ޖޭއެސްސީން އިން ފޮނުވި ސިޓީ އަނބުރާ ފޮނުވާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތްދީ ޖޭއެސްސީން އިން ފޮނުވި ސިޓީ އަނބުރާ ފޮނުވާލައިފި!

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތްދީ  ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ފޮނުވި ސިޓީ ސުޕްރީމް ކޯޓުން އަނބުރާ ފޮނުވާލައިފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޖޭއެސްސީ ގެ މިސިޓީ ސުޕްރީމް ކޯޓުން އަނބުރާ ފޮނުވާލީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއަކާއި ހިލާފުވެފައި ވާތީއެވެ. އެ ކޯޓުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އެ ކޯޓަށް ސިޓީ އާއި ލިޔެކިޔުން ފޮނުވަން ޖެހެނީ އެ ފޮނުވާ އިދާރާއެއްގެ ވެރިޔާ ސޮއިކޮށްފައި ކަމަށެވެ.

ޖޭއެސްސީން ފޮނުވި ސިޓީގައި ސޮއިކޮށްފައި ވަނީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލެވެ. މިކަމާއި ގުޅޭގޮތުން މިހާތަނަށް ޖޭއެސްސީން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ނިންމީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތަށް ނިންމީ އެ ކޮމިޝަނުން އެ ތިން ފަނޑިޔާރުންނާއި ގުޅޭ ގޮތުން ބެލި މައްސަލައެއް ތަހުގީގު ކުރުމަށްފަހުއެވެ.

ޖޭއެސްސީ އިން ނަސޭހަތް ދިނުމަށް ނިންމާފައިވާ ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އެވެ. 

 

މިއަދު އޮންލައިން