ދިވެހި އުފެއްދުންތެރިކަމަށް ހާއްސަ "ފަންނު އެކްސްޕޯ" އިން ހޯވާލެވޭ 5 ފަރާތަކަށް 1 މިލިއަން ރުފިޔާގެ ލޯނެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި ލޯނަކީ ހުންނަރުވެރިންނަށް ވިޔަފާރީގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފަހިކޮށްދޭ ލޯނެއްކަމަށެވެ.
މިއެކްސްޕޯ ގައި ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ ތަކެތި ބުދަ ދުވަހުން ފަށައިގެން ބަލައި ގަންނަން ފަށާނެ ކަމަށާއި އަދި ޖަޖިން ކްރައިޓީރިއާގައި ބައިވެރި ވާން ބޭނުންވާ މީހުންނަށް މާދަމާ އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 އަށް ދަރުބާރުގޭގައެވެ.