ހައުސިން މިނިސްޓްރީ މުވައްޒިފުންގެ ސީރިއަސް މައްސަލަތަކެއް މިނިސްޓަރ ގެ ސަމާލުކަމަށް!

ކިޔުމަށް ހޭދަވާނީ 1މ 11ސ
ހައުސިން މިނިސްޓްރީ މުވައްޒިފުންގެ ސީރިއަސް މައްސަލަތަކެއް މިނިސްޓަރ ގެ ސަމާލުކަމަށް!

ހައުސިން މިނިސްޓްރީގައި ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވެފައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް، މިނިސްޓަރު އައިމިނަތު އާތިފާގެ ސަމާލު ކަމަށް ގެނެސްފި އެވެ.

އެމިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންތަކެއް މިނިސްޓަރ އާތިފާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ހައުސިން މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި ސިވިލް ސާވިސް މުވައްޒަފުންނަކީ ދެ ގުރޫޕެއް ގޮތުގައި ދެއްކުމުގެ ގޮތުން ކަންތައްތަކެއް ކުރެވެމުންދާ ކަމަށެވެ. 

މިނިސްޓަރ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ހައުސިން މިނިސްޓްރީގެ ސިޔާސީ ބޭފުޅުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބަދުބަސް ބުނެ ކަރާމަތާއި އަބުރު ގެއްލޭ ގޮތަށް މުހާތަބު ކުރަމުންދާ ކަމަށެވެ. އަދި މުވައްޒަފުންނަށް ޒާތީ ގޮތުން ޖެއްސުންކޮށް ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް އަމަލުކުރުމަށް އަންގަމުންދާ ކަމަށެވެ. 

މީގެއިތުރުން، އެމިނިސްޓްރީގެ ސިޔާސީ ބޭފުޅުންގެ މިފަދަ މައްސަލަތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަން ވެސް ސިޓީގައި ވަނީ ފާހަގަކޮށްފައި ވެއެވެ. މުވައްޒަފުންގެ މައްސަލަތަކަށް ހައްލު ނުލިބޭނަމަ ތަނުގައި ތިބޭ ރަނގަޅު މުވައްޒަފުން ވަރަށް އަވަހަށް މިނިސްޓްރީ ދޫކޮށް ހިނގައިދާނެ ކަމަށާއި އެހެންކަމުން މުވައްޒަފުންގެ މައްސަލަތައް ބަލައި އަވަހަށް ހައްލުކޮށްދިނުމަށް މިނިސްޓަރަށް ވަނީ އެސިޓީގައި އިލްތިމާސް ކުރައްވާފަ އެވެ. 

މިއަދު އޮންލައިން